ޓައިވާނަށް ސަފީރަކު ކަނޑައެޅުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވި މައްސަލާގައި ދިވެހި ސަރުކާރުން ޗައިނާގެ ކިބައިން މާފަށް އެދިއްޖެއެވެ.
ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީއަކީ ޗައިނާއަށް ރާއްޖެއިން މިހާރު ކަނޑައަޅާފައި ހުންނެވި ސަފީރުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖެއްސުމަށް މަޖިލީހަށް ފޮނުއްވި ސިޓީއެކެވެ.
ޓައިވާނަށް ސަފީރަކު ހަމަޖައްސަން ލިޔެވުނީ އޮޅިގެންނެވެ.
އެ ސިޓީގައި "ރިޕްބަލިކް އޮފް ޗައިނާ" ޖައްސަވާފައި އޮތް އިރު އެއީ ޓައިވާނެވެ. ޗައިނާގެ މައިން ލޭންޑާ ވަކިން އައްސެރީގައި އޮންނަ ޓައިވާނަށް ނިސްބަތް ކުރަނީ ރިޕަބްލިކް އޮފް ޗައިނާގެ ގޮތުގައެވެ. ޓައިވާން ނުލައި ޗައިނާގެ މެއިން ލޭންޑް ހިމެނޭ ސަރަހައްދަށް ކިޔަނީ "ޕީޕަލްސް ރިބްލިކް އޮފް ޗައިނާ" އެވެ. ދެވަނަ ބޮޑުހަނގުރާމައިގައި ޖަޕާނުގެ މައްޗަށް ޗައިނާ ކުރި ހޯދާ 1945 ގައި ޓައިވާން އަތްދަށުލިއެވެ. އޭގެ ފަހުން އެތެރޭގެ ކޯޅުން ގަނޑެއްގައި ނެޝަނަލިސްޓުންނާއި ކޮމިއުނިސްޓުން ތަޅާފޮޅާގަނެ ކޮމިއުނިސްޓުން ކާމިޔާބު ކުރުމުން ނެޝަނަލިސްޓް ޕާޓީގެ ލީޑަރު ޗައިނަ ދޫކޮށް ޓައިވާނަށް ދިޔައެވެ. އެހާ ހިސާބުން އަމިއްލަ ވެރިކަމެއް ކުރަމުން އައި ނަމަވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ގަބޫލު ކުރަނީ ޓައިވާނަކީ ޗައިނާގެ ރަށެއް ކަމަށެވެ.
އެކަމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެންގް ލިޒިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލަ ހިނގި ގޮތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް ތަފުސީލު ކޮށްދީ، މައާފަށް އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާނީ ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށްވެސް ވެންގް ލިޒިން ވިދާޅުވިއެވެ.
ލިޔެފަހުންނަ އެއްޗެތިކިޔަން ނޭގޭމީހުން ތިބޭކަމަށް ވަނީނަމަ ތިޔަށްވުރެ ބޮޑެތިކަންތަކާވެސް އަދިދިމާވާނެ.
ޕަޗާސް. މިވަރުބައެއް ދެކުނިންތަ. ވޯޓަށް މަޤާމް ބަހަން އުޅެނިކޮންއަތަށް ދޮތަގޮވީ. ޤައުމުގެ ވެރިޔާއަށް ނޭގޭ އޮރިޔާން ވާއިރުވެސް. ލަދުން މަވާ ބޮލާފޮށާ އަޅައިފިން.