އިރާގުގެ ނަސްރިއްޔާ ސިޓީގައި ދިރިއުޅެމުންދާ އަންހެނަކު އެއް ލޯ ހުރި ކުއްޖަކު ވިހައިފިއެވެ.
ސޯޝަލް މީޑިއާގައި މިހާރު އެ ކުއްޖާގެ ފޮޓޯ ދައުރުވަމުން އަންނައިރު، ކުއްޖާ އުފަންވި އަލް ރިފާއީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ މިއީ އެ ހޮސްޕިޓަލަށް އެފަދަ ކުއްޖަކު އުފަންވި ފުރަތަމަ ފަހަރުކަމަށެވެ. ބަރުދަނުގައި 1.5 ކިލޯ ހުރި އެ ކުއްޖާ އުފަންވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަރުވެފައި ވާއިރު އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައި ވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއިން ފެންނަ ގޮތުން އެ ކުއްޖާގެ ލޯ ހުރީ ނޭފަތާ ދިމާ މެދުގައެވެ.
މީގެ އިތުރުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ބުނެފައި ވަނީ މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށާ މި ގޮތަށް ދިމާވާން މެދުވެރިވާ ސަބަބަކީ މަންމައާއި ބައްޕަގެ ލޭ ނުގުޅުން ކަމަށެވެ. ނުވަތަ މާބަނޑު ދުވަސްވަރު މަންމަގެ ރަހިމުގެ ތެރޭގައި އަށަގަންނަ ޖަރާސީމެއްގެ ސަބަބުން ދިމާވާ ސިއްހީ މައްސަލައަކާ ގުޅިގެންނެވެ.
މިހެންދިމާވާ ސީދާ ސަަބަބު އަދި ހޯދިފައި ނުވާއިރު ބައެއް ޑޮކްޓަރުން ވަނީ މިއީ ކުއްޖާގެ ސިކުނޑީގެ ޓިޝޫއެއްގެ ސަބަބުން ދިމާވާ މައްސަލައެކެވެ.
ދިރާސާތަކުން ދައްކާ ގޮތުން މިދިޔަ ފަސް ގަރުނުގެ ތެރޭގައިވެސް ދުނިޔެ އިން ފެނުނީ މިފަދަ 7 ހާދިސާއެވެ. އެންމެ ފުރަތަމަ އެއް ލޯ ހުރި ކުއްޖަކު އުފަންވެފައިވަނީ 1665 ވަނަ އަހަރުއެވެ. އެންމެ ފަހުން އެއް ލޯ ހުރި ކުއްޖަކު އުފަންވެފައިވަނީ މިދިޔަ އަހަރުގެ ޔަމަންގައެވެ. އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ވެސް ޑޮކްޓަރުން ގިނަ މަސައްކަތް ތަކެއް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ވެފައެއް ނުވެއެވެ.
އަންހެނަކަށް ލިބުނު ކުއްޖެއް ކަމަށް ލިޔުނީ އަނެއްކާ ފިރިހެނުން ވިހަންފެށީތަ؟