ރަޝިއާގެ އިމުގެ ތެރެއިން 2 ފައިޓާ ޖެޓާއި 2 ހެލޮކޮޕްޓަރު ވައްޓާލި މަންޒަރުތައް އާންމުވެފައި ވާ ދަނޑިވަޅެއްގައި ޔޫކްރައިން އިން ރަޝިއާގެ އިމުގެ ތެރެއަށް ހަމަލާދޭން ނޫޅެ ކަމަށް ވިދާޅުވެއްޖެއެވެ.

ބޯޓުތަކާއި ހެލިކޮޕްޓަރު ގޮވާ ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވާ އިރު އެކަމުގެ ޒިންމާ ޔޫކްރައިން އިން އުފުލާފައެއް ނުވެއެވެ. އެކަން ކުރީ ކޮން ބައެއްކަން ރަޝިއާއިން ވެސް ހާމަ ކޮށްފައި ނުވާ އިރު ރަޝިއާގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ، އެކަތި ވެއްޓުނީ އިންޖީނުގައި ރޯވެގެން ކަމަށެވެ.

ނަމަވެސް ހަނގުރާމައިގެ ހަބަރުތައް ގެނެސްދޭ ބައެއް ބްލޮގަރުންނާއި ބައެއް ޓްވިޓާ ހޭންޑަލްތަކުން ބުނެފައި ވަނީ، އެ 2 ބޯޓާއި 2 ހެލޮކޮޕްޓަރު ގޮއްވާލީ ކަމަށާއި ވައިގެ ތެރޭގައި ގޮވައިގެން ކުނޑިކުނޑިވެގެން ވެއްތޭތަން ފެނިފައި ވާ ކަމަށެވެ.

މި މައްސަލަތައް ފެންމަތިވެފައި ވާ އިރު ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ޖަރުމަނުގައި ހުންނަވާ ވިދާޅުވީ، ޔޫކްރައިނުން ރަޝިއާގެ މަގާމުތަކަށް ހަމަލާދޭން ނޫޅޭ ކަމަށާއި ހަމަލާ ދެނީ އަދި ތައްޔާރު ވާ ވަރުގަދަ ހަމަލާތަކަކީ ރަޝިއާއިން ހިފި ޔޫކްރައިންގެ ބިންތަކުން ރަޝިއާ ފައްސާލުމަށް ދޭ ހަމަލާތަކެއް ކަމަށެވެ.

ވަރަށް އަވަހަށް ދިގުދެމިގެންދާ ވަރުގަދަ ހަމަލާތަކެއް ފައްޓަވާނެ ކަމަށް ވިދާޅުވަމުން ޒެލެންސްކީ އިންޒާރު ކުރައްވާފައި ވަނީ އެ ހަމަލާތަކުން "ރަޝިއާ އަށް އިހުސާސް ވާ ވަރު ކޮށްލައްވާނެ" ކަމަށާއި ދުނިޔެ ބަލަން ތިބުމަށެވެ.

ޔޫކްރައިނުން ތައްޔާރުވާ އާ ހަމަލާތަކާ ގުޅޭ ޓެކްނިކަލް މައުލޫމާތު އޭނާ ހިއްސާ ކުރައްވާފައި ނުވިނަމަވެސް އެމެރިކާގެ އަސްކަރީ އޮފިޝަލަކު ވިދާޅުވެފައި ވަނީ މިހާރުވެސް ސްޓްރެޓަޖިކް ބަދަލުތައް ގެނެސް ތަރުރީބު ކުރަމުން ދާ ކަމަށާއި، ހަމަލާތަކުގައި ރަޝިއާގެ އަސްކަރީ މަގާމުތަކާއި ހަތިޔާރު ގުދަންދަތަކާއި ކޮމާންޑް ސެންޓަރުތަކާއި ބަރުހަތިޔާރާއި ދިފާއީ ނިޒާމުތަކަކީ އަމާޒު ކަމަށެވެ. އަދި އެ އޮޕަރޭޝަން ވާނީ ހުރިހާ ދިމާއަކުން (ޑިޕާޓްމަންޓަކުން) ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް ކަމަށް ވެސް ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ ބޭރުގެ ހަބަރުތައް ބުނެއެވެ.

"މިއީ ވަރަށް ސީރިއަށް ކަމެއް، އަދި ބުނެވޭކަށް ނެތް، އެހެން ނަމަވެސް ދުނިޔެއަށް ފެންނާނެ، ހަމަ ގައިމުވެސް ރަޝިއާ އަށް އިހުސާސް ވާނެ" ކަމަށެވެ.

އޭނާ އިޝާރާތް ކުރައްވަނީ، ޖަރުމަނުން މިހާތަނަށް ދޭ އެންމެ ބޮޑު އަސްކަރީ ޕެކޭޖް، 3 ބިލިއަން ޑޮލަރުގެ ބަރުހަތިޔާރާއި، ޓެކްނޮލޮޖީ އަދި ގޮވާތަކެތީގެ އިތުރުން ޑްރޯން އާއި، ޖަޕާނުން ދޭ 2 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖާއި، އެމެރިކާއިން ދޭ 1.2 ބިލިއަން ޑޮލްރުގެ އަސްކަރީ އާލާތްތަކާއި، ފްރާންސް، އިޓަލީ އަދި ޕޮލަންޑާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ފޯރުކޮށްދޭ އެހީގެ ޕެކޭޖްތައް އެއްކޮށްލައި ހަނގުރާމައިގެ ކުރީ ސަފުގައި ޓޭންކްތައް ރުކުރުވާލުމަށެވެ. އޭގެ ފަހަތަށް ބަރުހަތިޔާރާއި އޭގެ ފަހަތަށް ކްރޫޒް މިސައިލް، ބެލެސްޓިކް މިސައިލާއި، ޖޭމަރުތަކާއި، މިސައިލް ވައްޓާ ނިޒާމުތަކެވެ.

ގާތްގަނޑަކަށް 360 ޓޭންކް ރުކުރުވާލަން ނިންމާފައި ވަ އިރު މިއީ ވަރުގަދަ ބަދަލު ހިފުމަކަށް ވެދާނޭ ކަމަށް މުރާސިލުން ބުނެއެވެ.