މަންމައިންގެ ދުވަހާ ގުޅިގެން އުރީދޫއިން "ޝެރީ ސެލޫން އެންޑް ސްޕާ"އާ ގުޅިގެން އެ ސެލޫންއިން ހާއްސަ ޑިސްކައުންޓެއް ލިބޭ އޮފާއެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

މި އޮފާގެ ދަށުން އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރުންނަށް ޝެރީ ސެލޫން އެންޑް ސްޕާއިން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ. މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި އޮފާ ލިބިގެންދާނީ ހަމައެކަނި އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރުންނަށެވެ.

އުރީދޫން ބުނި ގޮތުގައި ޝެރީ ސެލޫން އެންޑް ސްޕާއަށް ފައިސާ ދައްކާ ވަގުތު، "މައި އުރީދޫ" އެޕް ހުޅުވާލުމަށް ފަހު، ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑު ދައްކާލުމުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

އުރީދޫ ކްލަބް ޕްރިމިއާ ކާޑުގެ ދަށުން ޑިސްކައުންޓް ލިބޭ ޝެރީ ސެލޫން އެންޑް ސްޕާގެ ހިދުމަތްތައް:

  • ހައިޑްރަފޭޝަލްސް
  • ހެއާ ހައިލައިޓްސް
  • ކެރަޓިން ރިބޮންޑިން
  • ޑެމޭޖް ހެއާ ޕްރޮޓީން ޕެކްސް
  • ކޮސްމެޓިކްސް ފޯ ފޭސް މެއިންޓެނެންސް

އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރުންނަށް ފާހަގަ ކުރާ ހާއްސަ ދުވަސްތަކާ ގުޅުވައިގެން ތަފާތު އޮފާތައް ކުރިއަށްގެންދެެއެެވެ. އެގޮތުން މިދިޔަ ކުޑަކުދިންގެ ދުވަހު "މޫވެންޕިކް" އާ ގުޅިގެން 12 އަހަރުން ދަށުގެ ކުދިންނަށް ހިލޭ އައިސްކްރީމް ލިބޭ އޮފާ އެއް ކުރިއަށް ގެންގޮފައިވެއެވެ.