މިދިޔަ އާދިއްތަ ދުވަހުގެ ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، އޭނާ ފެނިފައިވަނީ މާލެ އިން ކަމަށާއި، އެނާގެ ހާލު ރަނގަޅު ކަމަށެވެ. މިދިޔަ އަންގާރަ ދުވަހު ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ހޯދާފައިވަނީ ޏ. ފުވައްމުލަކު ދޫޑިގަން، ރަންދެލިގެ އުމުރުން 30 އަހަރުގެ ހަސަން ޖަމީލްއެވެ.

އަދި އޭނާގެ އާއިލާއަށްވެސް އެންމެ ފަހުން ހަބަރުވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި އޭނާ މާލޭގައި ހުރި ކަމަށް އާއިލާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ. އެގޮތުން އެފަދައިން ގެއްލޭ މީހުން ހޯދަން ގިނަ ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ފަހުގެ ތާރީހުތަކުގައި މީހާ ވީނުވީ ނޭނގި ނުފެނިވެސް އެބަ ހުއްޓެވެ.