ދިވެހިންގެ ގިނަ ބަޔަކު ބޭސްފަރުވާއަށް ގޮސް އުޅޭ އިންޑީއާގެ ކެރަލާގެ ކޮއްލަމްގެ ސަރުކާރު ހޮސްޕިޓަލަކަށް ފުލުހުން ގެންދިޔަ ޓީޗަރަކު ޑޮކްޓަރު މަރާލައިފިއެވެ.
އުމުރުން 42 އަހަރުގެ ޓީޗަރު ފުލުހުން ގެންދިޔައީ މެޑިކަލް ޗެކަޕެއް ހަދާށެވެ. އެކަމުގެ ތެރޭގައި ޑްރެސިން ރޫމަށް ވައްދާ ބޭސް އަޅަން އުޅެނިކޮށް ފުންމައިގެން އެނދުން ތެދުވެ ޑޮކްޓަރު ގެންގުޅުނު ކަރުތު ނަގާ ހަރާލީ ކަމަށް ހަބަރުތައް ބުނެއެވެ. އެވަގުތު އޭނާ ހުރީ ބޮއެ މަސްތުވެގެން ކަމަށާއި، ޑޮކަތަރުގެ އިތުރުން ދެތިން މީހެއްގެ ގަޔަށްވެސް ކަތުރު ހަރާލި ކަމަށް ބުނެއެވެ.
މިހާދިސާގައި މަރުވީ އިންޓާންޝިޕްގައި ހުރި އުމުރުން ތޭވީސް އަހަރުގެ ވަންދަނާ ދާސް ނަމަކަށް ކިޔާ ޑޮކްޓަރެކެވެ.
މިހާދިސާ އާ ގުޅިގެން ހައިކޯޓުން އެ މައްސަލަ ބަލާފައި ވާ އިރު ބުނެފައި ވަނީ، އެކަން ހިނގީ ފުލުހުންގެ އިހުމާލުން ކަަމަށާއި ހާލަތު ވަޒަން ނުކޮށް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ އެފަދަ މީހަކު އެހެން ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. އެހެން ކަމުން އެއީ ސިސްޓަމް ފެއިލްވުމެއް ކަމަށާއި އޭނާ އާ އެކު ދިޔަ ފުލުސް މީހާ މަރުވި ނަމަވެސް އެހެން މީހާކު [އާންމުންގެ މީހަކު] އަށް އެގޮތަށް ހަމަލާދޭން ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. އޭގެ އިތުރުން ކޯޓުން ބުނީ އަމުދުން ޑޮކްޓަރަކު އެގޮތަށް މަރާލަން ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. އެއާއެކު ކޯޓުން އަމުރު ނެރެފައި ވަނީ ޕްރޮޓޮކޯލްތައް ފުރިހަމަ ކުރެވެންދެން ސަރުކާރުގެ ހުރިހާ ހޮސްޕިޓަލެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރު ހޮސްޕިޓަލް ތަކުގެ ޑޮކްޓަރުން ވަނީ މަސައްކަތް ހުއްޓާލައި 2 ދުވަހުގެ ހަޅުތާލެއްވެސް ކޮށްފައެވެ.
އިންޑިޔާގަ ވެއްޖެޔާ ރައްޔިތުންގެ ޔުނިޓީއެބައޮތް މިތާކުއެކަމެއްވެސް ނެތް ކޮރަޕްޝަން އިންތިހާޔައް
ތިޔައީ ދިވެހިން ކިހާވަރަކަށް ދާ ހޮސްޕިޓަލެއް. މި އެހީ އަދި ތިޔަ ހޮސްޕިޓަލުގެ ވާހަކައިގެ އަޑުވެސް.