އިންޑިއާގެ ނާގުޕޫރުން މުމްބާއީ އަށް ދަތުރުކުރި ފްލައިޓެއްގައި އިން އަންހެނެއްގެ ގައިގައި ނަގުލަންދާއްޓެއް ދަތް އަލައިފިއެވެ.
ދޭތެރެ ދޭތެރެ އިން އެއާ އިންޑިއާގެ ފްލައިޓްތަކުގައި މިބާވަތުގެ ކަންކަން ފެންމަތިވަމުން އަންނަ އިރު މިފަހަރުގެ މިހާދިސާ އާ ގުޅިގެންވެސް އެ އެއާލައިނުން ވަނީ މައާފަށް އެދިފައެވެ. ދަތް އެޅި ނަގުލަންދާއްޓަކީ ކިހާ ބޮޑުމިނެއްގެ އެއްޗެއް ކަން ސާފު ނުވި ނަމަވެސް ބޯޓު ޖެއްސުމާއެކު އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.
މިހާދިސާއަށް ފަހު ބޯޓު ޑިސްއިންފެކްޓް ކޮށް ސާފުކޮށްފައި ވާ އިރު، އެއާއިންޑިއާއިން ވަނީ އެ އެއާލައިންގެ ފްލައިޓް ތަކަށް ކާބޯތަކެތި އަރުވާ އިރު އެފަދަ އެއްޗެއް ބޯޓަށް އެރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބަލައި ކޭޓަރިން ގައި ގެންގުޅޭ ކާޓު ފަދަ ތަކެއްޗާއި ކޭޓަރިން ތައްޔާރު ކުރާ ތަންތަން ސާފުތާހިރުކޮށް، ޑިސްއިންފެކްޓް ކުރަން ޕާޓުނަރަށް އަންގާފައެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި ވެސް މިފަދަ ހާދިސާއެއް ހިނގިއެވެ. އެފަހަރު ކަލިކަޓުން ދުބާއީއަށް ދިޔަ ފްލައިޓުން ފެނުނީ ހަރުފައެކެވެ. އޭގެ ކުރިން ހިނގި އެހެން ހާދިސާއެއްގައި ބޯޓުގައި އިން އަންހެން ފަސިންޖަރެއްގެ ގަޔަށް ފިރިހެނަކު ހީސް ލީ މައްލައެއްވެސް ވަނީ ހިނގާފައެވެ.