އދ. ދިއްދޫގެ ހުސްވެފައިވާ ކައުންސިލް މެންބަރުގެ ގޮނޑި، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓު އަނީސް މުހައްމަދު ކާމިޔާބު ކޮށްފިއެވެ.

މިއަދު ބޭއްވި އިންތިހާބުގައި އަނީސްގެ އިތުރުން ދެން ވާދަކޮށްފައި ވަނީ އަމިއްލަގޮތުން ވާދަ ކުރި ކެންޑިޑޭޓް، ރަޝީދާ އާދަމްއެވެ. ރަޝީދާ އާ ވާދަކޮށް އަނީސް ގޮނޑި ކާމިޔާބު ކޮށްފައި ވަނީ 5 ވޯޓުގެ ތަފާތުންނެވެ. އެގޮތުން އަނީސް އަށް ޖުމްލަ 62 ވޯޓު ލިބިފައި ވާއިރު ރަޝީދާ އަށް ލިބިފައި ވަނީ 57 ވޯޓެވެ.

މިއަދު ކުރިއަށްދިޔަ ދިއްދީ ކައުންސިލް އިންތިހާބުގެ ތެރެއިން

މި އިންތިހާބުގައި ޖުމްލަ 147 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވީ ނަމަވެސް ވޯޓު ލާފައި ވަނީ 119 މީހުންނެވެ. އެއީ 57 ފިރިހެނުންނާއި 62 އަންހެނުން ކަމަށް އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތު ތަކުން ހާމަވެއެވެ. މިއަދު ބޭއްވި ބައި އިލެކްޝަންއަކީ ކައުންސިލްގެ މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްއެންޕީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕާޓީގެ ކެންޑިޑޭޓަކީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްއެވެ.