އަންނަ ރިޔާސީ ދައުރަށް ވާދަ ކުރައްވާ ޖޭޕީގެ ލީޑަރު ގާސިމްގެ ފުރަތަމަ ވައުދު އާންމު ކުރައްވައިފިއެވެ. ޓަވީޓަކުން އެންމު ފުރަތަމަ އާންމު ކުރެއްވީ ހާރިޖީ ސިޔާސަތެވެ.
ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތަކަށް ވާނީ ރާއްޖޭގެ ރައީސްކަން ކުރިން ކުރެއްވި މަރުހޫމް އިބްރާހީމް ނާސިރާއި މިހާރުގެ އެމްއާރުއެމްގެ ލިޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުނު ހާރިޖީ ސިޔާސަތުކަމަަށެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި މިގޮތަށް ވިދާޅުވިއިރު ހާރިޖީ ގުޅުންތައް ފުރަތަމަ ބަދަހި ކުރަން ފެށީ އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. އަދި ނާސިރުގެ އިތުރުން މައުމޫންގެ ވެރިކަމުގައިވެސް ގެންގުޅުނީ ވަކި އަތަކަށް ނުޖެހި ހުރިހާ ގައުމަކާވެސް ހަމަހަމަ ގުޅުމެެއް އޮންނަ ހާރިޖީ ސިޔާސަތެކެވެ.
އެއާ ހިލާފަށް ފަހުގެ ހުރިހާ ސަރުކާރުތަކުން ފެންނަމުން ދަނީ ވަކި ގައުމަކަށް ބުރަ ވެގެން ހާރިޖީ ސިޔާސަތު ދަމަހައްޓާ މަންޒަރެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ފެނިގެން ދިޔައީ ޗައިނާ އާއި މެދު އިރުމަތީގެ ގައުމުތަކާ މެދު ހާއްސަ ގުޅުމެއް ބާއްވަމުން ދިޔަ މަންޒަރެވެ. އަދި ހުޅަނގުގެ ގައުމުތަކާއި ކައިރިން އިންޑިއާ އާ އޮތް ގުޅުން ޔާމިންގެ ސަރުކާރުގައި ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ.
އަދި ހަމަ އެހެންމެ މި ހިނގާ ސަރުކާރުގައި ފެންނަމުން ދަނީ އިންޑިއާ އާ މާ ގާތް ގުޅުމެއް ބާއްވަމުން ދާ މަންޒަރެވެ. އަދި ޗައިނާ އާ ފެއަށް ޖެހި އެއް އަތަކަށް ޖެހިފައިވާ ހާރިޖީ ސިޔާސަތެއް ގެންގުޅޭ ތަނެވެ.
ގާސިމްގެ ވެރިކަމުގައި ހަމަ ހަމަ ސިޔާސަތެއް ގެންގުޅުއްވަން ވައުދުވެވަޑައިގެންނެވި އިރު ނާސިރާއި މައުމޫން ގެންގުޅުއްވި ހަމަހަމަ ސިޔާސަތުގައި ދިވެހިރާއްޖެއަށް ލިބެމުން ދިޔަ ބޭރުގެ އެހީއާއި ލިބެމުން ދިޔަ ތަރައްގީއަށް ބަލާއިރު މައުމޫންގެ ދިގު 30 އަހަރުގައި ހޯދުނު މާ ބޮޑު މަންފާއެއް ފެންނާކަށް ނެތެވެ. އުމްރާނީ ގޮތުން ބަލާއިރު މާލެ ސަރަހައްދުގައި ކުރެވިފައި ހުރި ބައެއް އިމާރާތްތައް ފިޔަފައި ބޭރުގެ މާ ބޮޑުއެހީތަކެއް ހަރުމުދަލުގެ ގޮތުގައި ފެންނާކަށް ނެތެވެ.
ކުރިއަށް އޮތް ރިޔާސީ ރޭހަށް ގާސިމް ނުކުންނަވާނޭ ކަން ރަސްމީކޮށް އިއުލާން ކުރައްވާފައި ވާއިރު ކެމްޕެއިން ހަރަކާތްތައް އަދިވެސް ނުފެށެއެވެ. އަދިވެސް ކުރިއަށް ދަނީ ޕާޓީގެ އެތެރޭގެ ކޮމިޓީތައް އިންތިހާބު ކުރުމާއި ބައްދަލުވުންތަކެވެ.
އަންނި ގެ ސިޔާސަތު ތައް ކަމަކު ނުދޭ. ގާސިމް ވިދާޅުވީ.
މާލިއްޔާގައި ބޭނުން ކުރައްވާނީ ސަމްސުއްދީނުގެ ރަސްކަމުގައި އަބްދުލްހަމީދު ގެންގުޅުއްވި ސިޔާސަތެވެ. ބަޑޭރިގެއަށް ވާރު އެއްކުރައްވާފައި ވިލާ ކުންފުންޏަށް ޖަމާކޮއްލާނީއެވެ. މިހާރު ހުރި ހުރިހާ ފައިދާވާ ކުންފުނިތައް ވެސް ވިލާގެ ދަށަށް ލާނީއެވެ. އެހެނިހެން ސިޔާސަތުތަކުގައިވެސް މުސްކުޅި ގޮތުގައި ހިފަހައްޓައިގެން ހުންނާނީއެވެ.