އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ މަންމަ އައިމިނަތު މަނިކެ އަވަހާރަވެއްޖެއެވެ.

ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މޫސާ މަނިކު ވިދާޅުވީ، އޭނާގެ މަންމަ އަވަހާރަވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، ކަށުނަމާދު އޮންނާނީ މިރޭ 12 ޖަހާއިރު އާސަހަރާ މިސްކިތުގައި ކަމަށެވެ.

އޭނާގެ މަންމަގެ ޖަނާޒާގައި ބައިވެރިވުމަށް މޫސަ ވަނީ އެދިވަޑައިގެންފައެވެ.

މޫސާ މަނިކުގެ މަންމަ އަވަހާރަވީ އުމުރުން 82 އަހަރުގައެވެ.