އުރީދޫ އެޕް އެމް ފައިސާ މެދުވެރިކޮށް ބިދޭސީނަށް އިފްތާރު ޕެކް ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫގެ އިފްތާރު ޕެކް ހަދިޔާ ކުރުމުގެ މި ޕްރޮގްރާމަކީ މިޝަން ފޯ މައިގްރޭންޓް ވޯކާސް އިން މޯލްޑިވްސްއާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އުރީދޫއިން ބުނީ އުރީދޫއިން އިސްނައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރޯދަ މަހަކީ ސަދަގާތް ކުރުމާއި ދިނުމުގެ މަހަކަށްވުމާއެކު އެކަން ކުރެވޭނެ ފަސޭހަ މަގެއް ރައްޔިިތުންނަށް ފޯރުކޮށްދިނުން ކަމަށާއި ބިދޭސީންގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެމް ފަައިސާ މެދުވެރިކޮށް އިފްތާރު ޕެކް ހަދިޔާ ކުރާނެ ގޮތް:

  • އުރީދޫ އެޕްއަށް ވަނުމަށްފަހު ޑޮނޭޓް އިފްތާރަށް ފިތާލާ
  • ހަދިޔާ ކުރަން ބޭނުންވާ އިފްތާރު ޕެކްގެ އަދަދު ހިޔާރުކުރައްވާ
  • ކޮންފާމް ޕޭމެންޓްއަށް ފިތާލާ

މި ޕްރޮގްރާމްގެ ދަށުން ހަދިޔާ ކުރާ ގިފްޓް ޕެކްއެއްގެ އަަގަކީ 50 ރުފިޔާއެވެ.

'ކޮމިއުނިޓީ އިފްތާރު' ގެ ނަމުގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އުރީދޫއިން އަންނަނީ މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ސަލްމާން މިސްކިތުގެ ގޯތި ތެރޭގައި ބޮޑު ރޯދަ ވީއްލުމެއް ދެމުންނެވެ. އަދި މި ހަރަކާތަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.