މި އަހަރުގެ ރޯދަ ޕްރޮމޯޝަނާއެކު ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންގެ ހިދުމަތް ޑިޖިޓަލައިޒް ކޮށް "މައި އެލައިޑް" ޕޯޓަލްއިން އޮންލައިކޮށް ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެލައިޑުން ބުނީ، ރޯދަ މަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަންގެ ތެރެއިން "މޮޓޯ ކޮމްޕްރިހެންސިވް" ޕްލޭން ނަގާ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެއްގަމު އުޅަނދުފަހަރަށް ހާއްސަ މޮޓޯ އިންޝުއަރަންސަކީ މަގުމަތީގައި ކުރިމަތިވާ ހާލަތެއްގެ ސަބަބުން އުޅަނދަށާއި އޭގެ ވެރި ފަރާތަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުންފުނި؛ އެލައިޑު އިންޝުއަރަންސަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި މޮޓޯ އިންޝުއަރަންސްގެ 2 ހިދުމަތެއް އަންނަނީ ފޯރުކޮށް ދެމުންނެވެ. އެއީ ސަރުކާރުން ލާޒިމްކުރާ "ތާޑް ޕާޓީ މޮޓޯ" އަދި "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭނެވެ.

ސަރުކާރުން ލާޒިމްކުރާ ”ތާޑް ޕާޓީ މޮޓޯ" ޕްލޭނަކީ އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުން ކަވަރުކުރާ އޮންލައިންކޮށް ވެސް ނެގޭ ޕްލޭނެކެވެ. މިއާ ހިލާފަށް، ފުލް ކަވަރޭޖް (އަމިއްލަ ނަފްސާއި ވެހިކަލް އަދި ތިންވަނަ ފަރާތާއި ވެހިކަލް) ހިމެނޭ "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭން ފޯރުކޮށްދެމުން އައީ އެލައިޑުގެ ހިދުމަތް ފޯރުކޮށްދޭ އޮފީސްތަކުންނާއި ކައުންޓަރުތަކުންނެވެ. އެހެންނަމަވެސް، މިއަދު މި ވަނީ އެ ހިދުމަތް ވެސް އޮންލައިންކޮށް ނެގޭނެ ގޮތް ހަމަޖައްސާފައެވެ.

އެލައިޑް އިންޝުއަރަންސުން ބުނީ، މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް އޮންލައިން ކުރުމުގެ ފަހަތުގައި ވަނީ، އެ ކުންފުނީގެ އެއް އަސާސްކަމުގައިވާ "ކަސްޓަމާ ސެންޓްރި ސިޓީ" އަށް އަހައްމިއްޔަތުކަން ދޭ މިންވަރު ކަމަށެވެ. އެގޮތުން ކަސްޓަމަރުން އިންޝުއަރަންސްގެ ހައްލު ހޯދުމަށް ފަސޭހަ، އިނޮވޭޓިވް ސޮލިއުޝަންސް ފޯރުކޮށް ދިނުމަކީ އެ ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމުގައި އެލައިޑުން ފާހަގަ ކުރެއެވެ.

އެލައިޑް އޮންލައިން ޕޯޓަލް "މައި އެލައިޑުން" މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ތައާރަފުކުރުމުގެ ގޮތުން، ޕްލޭން ވަގުތުން ނެގޭނެ އިންތިޒާމް މިވަގުތު ހަމަޖައްސާފައި ވަނީ 40،000 އާއި 100،000 ރުފިޔާ އާ ދެމެދުގެ އަގުތަކުގައި ބަލައިގަނެ، ބޭނުންކުރަމުންދާތާ 5 އަހަރު ނުވާ ސައިކަލުތަކަށް ކަމަށް އެލައިޑުން ބުނެއެވެ. އެހެނިހެން އުޅަނދުތަކަށް އޮންލައިންކޮށް ކޮމްޕްރިހެންސިވް ޕްލޭން ނެގުން ހަމަޖެހިފައި ވަނީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަ ކުރުމުން، އެލައިޑުން އެޕްލިކޭޝަންގެ ސައްހަކަން ވެރިފައި ކުރުމަށް ފަހު ފޮނުވާލާ ޕޭމަންޓް ލިންކްގެ ތެރެއިން ފައިސާ ދެއްކުމުން ކަމަށް އެލައިޑުން ބުނެއެވެ.

މިއީ ކަސްޓަމަރުންގެ އަގުހުރި ވަގުތު ސަލާމަތް ކުރުމާއެކު ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަސޭހަ މަގެކެވެ. އެގޮތުން އެލައިޑް އިންޝުއަރަންސާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ' އަޔާދީ ތަކާފުލް އިން ވެސް ހިދުމަތް ހޯދޭނެ ކަމަށް އެލައިޑުން މައުލޫމާތު ދެއެވެ. އަދި މިހިދުމަތް އޮންލައިންކޮށް ހޯދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެއް ކަމަކީ، ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައި ޕްލޭން ނަގާ، ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުން ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.

މިހިދުމަތް ހޯދުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެލައިޑްގެ ހޮޓްލައިން 1600 އަށް ގުޅުމަށް އެލައިޑުން އިލްތިމާސްކުރެއެވެ.