މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ބޮޑު ރޯދަ ވީއްލުމެއް ދޭން އުރީދޫއިން ފަށައިފިއެވެ.
'ކޮމިއުނިޓީ އިފްތާރު' ގެ ނަމުގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އުރީދޫއިން ފެށި އެ ހަރަކާތް އިއްޔެ ފަށާފައިވާއިރު އެ ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ސަލްމާން މިނިސްކިތުގެ ގޯތި ތެރޭގައެވެ.
އިއްޔެ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ގިނަ އަދަދެއްގެ ބިދޭސީއިން ބައިވެރިވެފައިވައިރު 200 އަށްވުރެ ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް މައުލޫމާތުލިބެއެވެ.
އެ ހަރަކާތަކީ މި ފަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ “ހަދިޔާ” ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތަކަށްވާއިރު ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން ރޯދަވީއްލުމެއް ބާއްވާނެއެވެ.
މި އަހަރުގެ "ހަދިޔާ" ތީމްގެ ދަށުން އުރީދޫން ވަނީ މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ބިދޭސީންނަށް ހާއްސަކޮށް ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު އެމް ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމު އުރީދޫއިން ހަމަޖައްސައިދީފައިވާއިރު އެ ޕެކްތަކުގައި ހިމެނެނީ ޒަރޫރީ ކާބޯތަކެއްޗެވެ