އުރީދޫ މޯލްޑިވްސްގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކާއި އޮފާތަކާއެކު މިއަހަރުގެ ރޯދަ މަސް ފަށައިފިއެވެ.
އުރީދޫން ބުނީ ޏ.ފުވައްމުލަކު ތުނޑީގައި ބޭއްވި ހާއްސަ މާހެފުމުގެ ހަރަކާތެއްގައި އެކުންފުނިން މި އޮފާތައް އިއުލާނުކޮށްފައިވާއިރު، މި ހާއްސަ އޮފާތަކުގެ އިތުރުން އެ ކުންފުނިން ވަނީ ޏ.ފުވައްމުލަކުގެ ރީތިކަމާއި ސަގާފަތާއި ބަހުރުވަ ދައްކުވައިދޭ ރޯދަ ކެމްޕެއިން ވީޑިއޯ ވެސް ދައްކާލާފައި ކަމަށެވެ.
މި ކުރު ފިލްމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގައޮ ކުރެވޭ ތަޖުރިބާގެ އަގު ވަޒަންކޮށް، ރަށްރަށުގެ ދިރިއުޅުން އެހެން ހަރުފަތަކަށް އަޕްގްރޭޑް ކުރުމަށް މުޖުތަމައުގެ ތެރޭގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުން ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ މޯލްޑިވްސްއިން ރޯދަ މަހަށް ހާއްސަ އޮފާ ތަކުގެ ތެރޭގައި ހިމެނެނީ:
ހާދިޔާ ފޮށި
އުރީދޫން ބުނީ، މި ރޯދަ މަހު އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އުރީދޫ އެޕްގައި ހިމަނާފައިވާ ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65" ޓީވީ، ހޯމްޕޮޑް މިނީ، 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ގެ އިތުރުން ވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހާދިޔާ ފޮށި ގޭމް ކުޅެވޭނެ ކަމަށާއި ހާދިޔާ ފޮށި ކުޅުމަށް އުރީދޫ އެޕަށް ޒިޔާރަތްކޮށް ހަދިޔާ ފޮށި ހިޔާރުކޮށްލުމުން ފެންނަ ހަ ހަދިޔާ ފޮށިން ކޮންމެވެސް އެއް ފޮއްޓެއް ހިޔާރު ކޮށްލުމުން ކޮންމެވެސް ހަދިޔާ އެއް ލިބިގެންދާނެ ކަމަށާއި އަދި ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ހުޅުވައި ހަދިޔާއެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
ރޯދަ ހަދިޔާ
އުރީދޫން ބުނީ، ރޯދަ މަހުގެ ތެރޭގައި އާޗާ 750، އާޗާ 500 އަދި އުރީދޫ ޑޭޓާ 500 ޕެކް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ގެ ގޮތުގައި 10ޖީބީ ޑޭޓާ ނުވަތަ 5ޖީބީ ޑޭޓާ ގެ އިތުރުން 200 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. މި ޕެކްތަކަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި އަދި ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކްތަކެއް ކަމަށް އުރީދޫން ބުނެއެވެ.
ސައޫދީގައި ތިބި އާއިލާއާއި ރައްޓެހިންނާ ގުޅާލުމަށް ހާއްސަ ސައުދީ އައިޑީޑީ ޕެކް
އުއުރީދޫން ބުނީ، ރީދޫ ޕާސްޕޯޓާއެކު ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގެ އައިޑީޑީ ރޭޓްތަކާއެކު މި ރޯދަ މަހު ސައޫދީ އަރަބިއްޔާގައި ތިބި އާއިލާއާ އާއި ރަހުމަތްތެރިންނާއ ގުޅުން ބަދަހިކުރުމަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އުރީދޫ ޕާސްޕޯޓް ސިމް އެކްޓިވޭޓް ކުރުމަށް އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތް ކުރުމަށް އުރީދުން ވަނީ އެދިފައެވެ.
ފިތުރު ޒަކާތް
އުރީދޫން ބުނީ، އުރީދޫ އެޕް ޑައުންލޯޑް ކޮށްލައިގެން އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށެވެ. އެމް ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
ނަމާދު އެލާޓް
އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލާޓް އެކްޓިވޭޓްކޮށްލުމުން ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން ނަމާދު އެލާޓް އެސްއެމްއެސް އެއްގޮތުގައި މުޅިން ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކޮށްލައްވާށެވެ.
އެމް-ފައިސާއިން ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ފައިސާ ދައްކާލުމުން %2 އާއި ހަމައަށް ދައިސާ އަނބުރާ ވޮލެޓައް
އުރީދޫން ބުނީ އެމް-ފައިސާ ބަލައިގަންނަ ހުރިހާ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް މުޅި ރޯދަ މަހުގެ ތެރޭގައި ފައިސާ ދައްކަވާ ކޮންމެފަހަރަކު ފައިސާ ދައްކާ އަދަދުގެ 2 ޕަސަންޓާއި ހަމައަށް ފައިސާ އަބުރާ ވޮލެޓައް ލިބޭނެ ކަމަށެވެ..
އެމް-ފައިސާ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރު ޕެކެއް ހަދިޔާކުރުން
އުރީދޫން ބުނީ، ރަދަ މަހު މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ ކަމަށެވެ. އަދި ހަދިޔާ ކުރާ ޕެކްތައް ހަދިޔާ ކުރާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު އެމްއެމްޑަބްލިއުއެމް އިން ބިދޭސީ މަސައްކަތްތެރިންނާ ހަވާލުކުރާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، މި އޮފާތަކާއި ބެހޭ މައުލޫމާތު ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުރީދޫ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.