މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 'ރޯދަ ޕްރޮމޯ 2023' ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ ޕްރޮމޯޝަން ހާއްސަކޮށްފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތާ މަސްވެރިކަމާ ދަތުރުފަތުރުގެ އިތުރުން އިންޖިނިއަރިން ސިނާއަތާ އިންޑަސްޓްރިއަލް ބޯޓް ބިލްޑިންއަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި އެމްޓީސީސީ އިން ވިއްކާ ދަވާދު ފިޔަވައި އެހެން ހުރިހާ ޕްރޮޑެކްޓަކުން 10 ޕަސެންޓް ލިބިގެން ދާނެއެވެ. މި ގޮތުން ސްކޮޓަ ބޭޑަރ ކޮމްޕޮސައިޓްސް، ފައިބަރު ގްލާސް މެޓީރިއަލް، ކާސްޓްރޯލް ލުބްރިކަންޓްސް، މެރޯލް ސްޓީއަރިން ސިސްޓަމް އަދި ޓިއުބް، ޝިފްޓް، ޕްރޮފެލާގެ އިތުރުން ޔަންމާ އަދި ސުޒުކީ ގެ ސްޕެއަރު ޕާޓުތަކުން ޑިސްކައުންޓް ލިބިގެންދާނެއެވެ.

އެމްޓީސީސީ އިން ބުނީ މި ޕްރޮމޯޝަންގައި ޔަންމާ އަދި ސުޒުކީ އިންޖީނުން ޑިސްކައުންޓް ލިބިގެންދާނީ ހަމައެކަނި ހޮވާލެވިފައިވާ މޮޑެލްތަކުން ކަމަށެވެ. އެމްޓީސީސީ އިން މި ޕްރޮމޯޝަން ހާއްސަކޮށްގެން އެ ކުންފުނިން މުދާތައް ގެނެސްފައި ވާކަމަށެވެ.