އެމެރިކާގެ ކެންޓަކީ އަށް އުފަން 98 އަހަރުގެ ކޯޑިއޭލިއާ މާއޭ އަށް އޭނާގެ މުނި މުނި މުނި މުނިމާމަ ދަރިފުޅާ ބައްދަލުވެއްޖެއެވެ.

މާމަ ކިޔާ މި ކުއްޖާ އާއެކު އޭނާގެ ޖުމްލަ 230 މާމަ ދަރިން އެބަތިއްބެވެ. ހަ ޖެނެރޭޝަނެއްގެ ކުދިންގެ މާމަ ކޯޑިއޭލާ ބުނީ އެހާ ދުވަހު ދުނިޔޭގެ ހުރުމުގެ ނަސީބު ލިބުމަކީ ލިބޭ އުފަލެއް ކަމަށާއި އަދި މާމަ ދަރިންގެ ވެސް ދަރިންނާ ބައްދަލުވުމުގެ ނަސީބު ލިބުމަކީ ޝަރަފެއް ކަމަށެވެ. އޭނާގެ މާމަދަރިފުޅެއް ކަމަށްވާ ހޮވެލް، ބުނީ އެއް އާއިލާއެއްގެ ހަ ޖެނެރޭޝަން ކުދިން ފެނުމުގެ ނަސީބު ލިބުމަކީ އާންމުކޮށް ވަރަށް ނުވާ ކަމެއް ކަމަށާއި މިއަދު އޭނާގެ މާމަ ދުނިޔޭގައ އޮތުމުން އުފާކުރާ ކަމަށެވެ. އަދި މާމައަށް އާއިލާ އާއެކު ގިނަ ވަގުތު ހޭދަކުރެވޭތީ އެންމެންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައިކަމަށް ހޮވެލް ބުންޏެވެ.

ކޯޑިއޭލާގެ އުމުރުގައި އޭނާ ވަނީ ޖުމްލަ ތިން ކައިވެންޏެއްކޮށްފައެވެ. އެންމެ ފުރަތަމަ އޭނާ 1940 ވަނަ އަހަރު އޭނާއަށް އެންމެ 16 އަހަރުގައެވެ. އެ ކައިވެންޏަށް ޖުމްލަ 13 ދަރިން ވަނީ ކޯޑިއޭލާއަށް ލިބިފައެވެ. ކޯޑިއޭލާ ދަރިފަސްކޮޅުގައި މިހާރު 623 މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެތެރޭގައި 106 މާމަ ދަރިންނާއި، 222 މުނިމާމަ ދަރިންނާއި، 234 ހޫރުމާމަ ދަރިންނާއި، 37 މުނިމާމަދަރިންގެ ދަރިން ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.