އެސްޓީއޯ ރަމަޟާން ބާޒާރާ ގުޅުވާ ބާއްވާ އެސްޓީއޯ ވީކެންޑް ފިއެސްޓާ ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، އެސްޓީއޯ ވީކެންޑް ފިއެސްޓާއަކީ މިއަދުން ފެށިގެން މިމަހު 18 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި، ކޮންމެ ހަފްތާ ބަންދެއްގައި ކުރިޔަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕަލައަންސް ބަލައިގަތުމުން ހޭދަކުރާ ކޮންމެ 1000 ރުފިޔާއަކާއެކު އިނާމެއް ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ވީކެންޑް ފިއެސްޓާ މިއަދު ފަށައިފި / ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ބުނީ ވީކެންޑް ފިއެސްޓާގައި ހާއްސަ ޑިސްކައުޓްތަކެއް ލިބޭނެ ކަމަށާއި މިގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރެކްލީސްކޯށްގެން ވިޔަފާރިކުރާ ފަރާތްތަކުން ވެސް މި ފިއެސްޓާގެ ތެރެއިން ހާއްސަ ޑިސްކައުންޓެއް ދެމުން ގެންދާނެ ކަމަށެވެ.

އިތުރު އެއްސް ހަރަކާތެއް އޮވޭތަ؟

އެސްޓީއޯއިން ބުނީ، ވީކެންޑް ފިއެސްޓާގައި ހަވީރު 4:30 ން 6:00 އަށް ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިޔަށްގެންދާނެ ކަމަށެވެ. އަދި ރޭގަނޑު 8:30 ން 10:00 އަށް ފްރީ ޓޭސްޓިން ކުރިޔަށް ގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

މި ހަފްތާގެ ވީކެންޑް ފިއެސްޓާގައި މިއަދު ހަވީރު ފްރީ ޓޭސްޓިން ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.