ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލު ދެއްވުމަށް ގާސިމް ދެކޮޅު ހައްދަވައިފިއެވެ.
ރައީސް އާ ބައްދަލުކުރެއްވުމަށް ފަހު ނުކުމެވަޑައިގަތުމުން ރައީސާ އެކު ބައްދަލުވުން ދިޔައީ ކިހިނެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ހިނިފުޅުވަޑުވަމުން ވިދާޅުވީ "ބައްދަލުވުން ދިޔައީ ކުރިއަށް" ކަމަށެވެ.
ގާސިމް ވިދާޅުވީ، ރައީސް އަށް ހުށަހެޅުއްވި އެއްވެސް ހުށަހެޅުމެއްގެ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށެވެ. މިހާރު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށާއި ކޯލިޝަނާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަން ހަދަން ވެސް އަދި ނުނިންމާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް މިއަދު ރައީސް ސޯލިހާ ބައްދަލުކުރައްވާފައި ވާ އިރު، މީގެ ކުރިން ރައީސް ސޯލިހްގެ މަންދޫބުން ވަނީ ގާސިމާއި ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާ ވެސް ބައްދަލު ކުރައްވާފައެވެ. ނަމަވެސް މިއިން އެއްވެސް ބައްދަލުވުމެއްގައި މަޝްވަރާ ކުރެއްވި ކަންކަން މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ.
މިއަދާ ހަމައަށް އައި އިރު، ޖުމްހޫރީ ޕާޓީގެ ސްޓޭންޑް ހާމަކޮށްފައި ނުވާ އިރު މިދިޔަ ހަފްތާ ބަންދުގައި ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ބުނެ ގޮތް ނިންމަން ކައުންސިލަށް ދާން ފާސްކޮށްފައެވެ. ނަމަވެސް އޭގެ ފަހުން އަދި ކައުންސިލްގެ ބައްދަލުވުމެއް ނުބާއްވައެެވެ.
އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ މި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ތާއީދު އޮތްތޯ ބެލުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތުން މިހާތަނަށް ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތެރެއިން އަދާލާތު ޕާޓީން ވަނީ ރައީސް ސޯލިހަށް ތާއީދު ކުރާނެކަން އިއުލާން ކޮށްފައެވެ. އަދި ކޯލިޝަންގައި ނެތް ޕާޓީއެއް ކަމަށްވާ އެމްޑީއޭއިންވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމާފައެވެ.
ޤާސިމަށް ރަގަޅަށް އެނގޭނެ ނަޝީދުގެ ދަންތުރައެއްގަ ޖެހިއްޖިއްޔާ ވާނެގޮތް. ހުރިހާ ގޮތަކުން ބެލިޔަސް ޤާސިމްގެ ސިޔާސީ ކެރިއަރަށާއި ވިޔަފާރިއަށް އެންމެ ފަހިގޮތަކީ އިބޫއާއެކު ނުކުމެ އެއްބުރުން ކާމިޔާބު ކުރުން. ޔާމީނުގެ ބާރުހިނގާ ވެރިކަމެއް އަތުވެއްޖެނަމަ ވާނެގޮތްވެސް ޤާސިމަށް ހަމަ ރަގަޅަށް އެނގޭނެ.