ސެޓެލްކޯއިން އއ. މާޅޮހަށް ގެންދިޔަ އާ ޖަނަރޭޓަރު ސެޓާއެކު އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ 816 ކިލޯވޮޓަށް އިތުރު ވެއްޖެއެވެ.

މާޅޮހުގައި ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައަކީ މީގެ ކުރިން ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު މި ޖަނަރޭޓަރާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ސްޓެލްކޯއިން ބުނީ މާޅޮހުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މިހާރު 300kW ގެ އާ ޖަނަރޭޓަރު ސެޓެއް އެރަށަށް ފޮނުވާފައިވާ ކަމަށާއި އެ ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އެއާއެކު މާޅޮހުގެ ކަރަންޓް ކެޕޭސިޓީ 679kW އިން 816kW އަށް އިތުރުވެއްޖެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ރަށްރަށުގެ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ގިނަގުނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރެވޭއިރު މިދިޔަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ސްޓެލްކޯއިން ވަނީ ސްޓެލްކޯގެ ސްޓެވޯގެ ނަމުގައި ޖަނަރޭޓަރަށް ހާއްސަ ވޯޓްޝޮޕެއްވެސް ހުޅުވާފައެވެ. އެގޮތުން އެ ވޯކްޝޮޕުން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންޏާމީދޫއަށް ގެންގޮސްފައިވާއިރު ވ. ތިނަދޫއާއި ފުލިދޫއާއި އއ. ތޮއްޑޫއާއި އދ. ދިގުރަށަށް ވެސް އޭގެ ޖަނަރޭޓަރު ސެޓު ވަނީ ފޮނުވާ، ބޭނުން ކުރަންފަށާފައެވެ.