އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނެޓްވޯކިން އިވެންޓް، ބޮޑު ތަރުހީބަކާއެކު ނިންމާލައިފިއެވެ.

އިއްޔެ ކ. މާފުށީގައި "ގެސްޓްހައުސް ނެޓްވާކިން ލައިންޗިއަން"ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި އިވެންޓުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.

މި އިވެންޓަކީ ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އިންޝުއަރަންސްގެ ފައިދާ ލިބިގަނެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމަށް އަޔާދީ ތަކާފުލްއިން ކުރިއަށް ގެންދިޔަ އިވެންޓެކެވެ. ޕްރޮޑަކްޓްތައް ތަރައްގީ ކުރުމުގައި އިވެންޓުން ލިބިގެންދިޔަ ހިޔާލުތަކަށް ބިނާކޮށް ހައްލު ހޯދޭނެ އުސޫލުތަކަށް އިސްކަންދޭނެކަމަށް އަޔާދީއިން ބުނެފައިވެއެވެ.

3 ގިންތިއަކަށް ބަހާލައިގެން "ގެސްޓްހައުސް ތަކާފުލް"ގެ ނަމުގައި އަޔާދީއިން މިހާރު ވެސް އަންނަނީ ކަވަރޭޖްތަކެއް ހިމެނޭ ޕްލޭންތަކެއް ފޯރުކޮށްދެމުންނެވެ. މިހިދުމަތް ފަރުމާ ކޮށްފައިވަނީ އަގުގެ ގޮތުންނާއި ކަވަރޭޖްގެ ގޮތުން ކޮންމެ ވިޔަފަރާރިވެރިއަކަށް ވެސް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ.

އަޔާދީ ތަކާފުލްއިން ކުރިއަށް ގެންދާ ގެސްޓްހައުސް ތަކާފުލް ހިދުމަތުގެ ތެރެއިން ގުދުރަތީ ހާދިސާތަކުން ލިބޭ ގިނަ ގެއްލުންތަށް ކަވަރުކޮށްދިނުމުގެ އިތުރުން އެޑް-އޮންސް އަދި އެކްސްޓެންޝަންސް މެދުވެރިކޮށް ޕްލޭން ޕާސަނަލައިޒް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނީގެ ސީސީއޯ ޔޫލިއަނާ ރުސޭއި ވަނީ ސޯޝަލް މީޑިޔާގެ ދުނިޔޭގައި ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓުކުކޮށް، ގެސްޓް ހައުސް ވިޔަފާރިއަށް އިތުރު ދޮރުތައް ހުޅުވޭނެ އުކުޅުތަކާ ބެހޭގޮތުން މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ.