އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައި ފައިވާ ކަމުގެ މައްސަލައެއް ރޭ 10:02 ހާއިރު ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު މި މައްސަލައާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އައްޑޫ ސިޓީގައި ގިނަ އަދަދެއްގެ މާރާމާރީތައް ހިންގަމުން އަންނައިރު މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ވެސް އައްޑޫގައި ހިންގި މާރާމާރީއެއްގައި 21 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ.