މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށްޓަކައި ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މިއަދު އެކަމަށްޓަކައި ކުޑަގިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރަށް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކުޑަގިރި / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

އާންމުންނަށް ކުޑަގިރި މިއަދު ހުޅުވާލާފައިވާއިރު، އެ ރަށުގައި އެކި ކަންކަން ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެގޮތުން ކުޑަގިރީގައި:

  • ރަސްމީ ހަފްލާތަކާއި ނުރަސްމީ ހަފްލާތައް ބޭއްވޭނެ
  • ޑައިވިން އާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ
  • އާންމުންގެ އިތުރުން ފަތުރުވެރިންނަށް ވެސް ވަނީ ހުޅުވާލެވިފައި

އޭގެ އިތުރުން، ކުޑަގިރީގައި ނާސިން ރޫމާއި ފާހާނާ ފަދަ އަސާސީ ހިދުމަތްތައް އެ ރަށަށް ދާ ފަރާތްތަކަށް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި، މިސްކިތަކާއި ކްލިނިކަކާއި ފިހާރައިގެ އިތުރުން ކެފޭ އެއް ވެސް އެ ރަށުގައި ހުންނާނެއެވެ.

އާންމުން ބޭނުންކުރުމަށްޓަކައި ކުޑަގިރީގައި ކަނޑައަޅާފައިވާ ވަސީލަތްތަކާއި ތަންތަން:

  • ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި
  • އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި
  • މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް
  • ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އެއް
  • ޑައިވް މަރުކަޒަކާއި މޫދު ކުޅިވަރު މަރުކަޒެއް

މާލޭން ގާތްގަނޑަކަށް 15 މިނެޓުން ދެވޭ ކުޑަގިރި މިއަދު ހުޅުވާލިއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބުކިންތައް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލްވެފައެވެ.