ބ ހިތާދޫ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް މަސައްކަތް އަދި ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތުގެ 32 ޕަސެންޓް ނިމިފަިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ތުޅާދޫ ބަނދަރު މަޝްރޫއުގެ ދަށުން 19030 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 495 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމާއި 22 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 90 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 350 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ރޭމްޕެއް ހެދުމާއި 1750 އަކަ މީޓަރުގެ ސަރަހައްދެއްފައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް، 17.70 މިލިއަން ރުފިޔާއަށެވެ.

ހިތާދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއަށް ހަވާލުކޮށްފައި ވަނީ ނޮވެމްބަރު 8، 2021 ގައެވެ.