މިރޭ 9:30 ގައި މާލޭގައި ހަވާ އަރުވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަމިއްލަ ފަރާތަކުން އެދިގެން މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށާއި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ސޯލްޓު ކެފޭ ރެސްޓޯރަންޓު ކުރިމަތިން ފަޅުތެރޭގައެވެ.

ޖުމްލަ ތިން މިނެޓަށް ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު މިއީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް، ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިއަށްގެންދާ އިވެންޓެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ސޯލްޓް ކެފޭގައި އޮންނަ ކައިވެންޏާ ގުޅިގެންނެވެ.

ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ. އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފާވެއެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ހަވާ އަރުވާފައިވާއިރު އީދުތަކާ ދިމާކޮށް ރަށް ރަށަށް ގޮސްވެސް ވިޔަފާރި އުސޫލުން ހަވާއަރުވަދެއެވެ.