އުރީދޫ އާއި ކިންގްސްޓަން މޯލްޑިވްސް ގުޅިގެން އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލުން ހާއްސަ ޑިސްކައުންޓް އޮފާއެއް ލޯންޗްކޮށްފިއެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކިންގްސްޓަން ޝޯރޫމުން ސްކޫޕީ 2023 މޮޑެލް ސައިކަލަކަށް އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 11،899 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ސައިކަލް ނެގުމުން 99 ދުވަހުގެ މުއްދަތުގެ ތެރޭގައި ކިންގްސްޓަންއިން ސައިކަލު ޑެލިވާކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އެފްއެސްއެމް ޕެޓްރޯލް ސްޓޭޝަންތަކުގައި އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމުންއިން ސްކޫޕީ ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފައިވާއިރު މޭ މަހުގެ 14ގެ ކުރިން އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

އެމް ފައިސާއަށް ރެޖިސްޓަރީކުރުމަށް އުރީދޫ އެޕް ޑައުންލޯޑްކުރުމަށްފަހު އެމް ފައިސާ ހިޔާރުކޮށް ރެޖިސްޓްރޭޝަންއަށް ފިތާލާނީއެވެ. އަދި މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބޭ އޯޓީޕީ ނަންބަރު ޖަހާ މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހާނީއެވެ. އަދި ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށްފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާ ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމުން ރެޖިސްޓްރޭޝަން ފުރިހަމަވާނެއެވެ.

އުރީދޫއިން ބުނީ އެމް ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެ އެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.