​​އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހު ބާއްވާ ގޮތަށް އެ ކުންފުނިން ނިންމައިފިއެވެ.

އުރީދޫން ބުނީ، މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބިނޭ، މިމަހު 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އަދި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވުމުގެ ފުރުސަތާއި އެޖެންޑާ އައިޓަމްތަކަށް ވޯޓު ދިނުމުގެ ފުރުސަތު ހިއްސާދާރުންނަށް އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫން ބުނީ، 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، މިމަހު 21 ވާ އަންގާރަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.

މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އާންމުކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ 2021 އަހަރުގެ ހިއްސާގެ ފައިސާގެ ގޮތުގައި ހިއްސާއަކަށް 2.70 ރުފިޔާ ވަނީ ބަހާފައެވެ. އަދި 2020 އަހަރު ހިއްސާއަކަށް ދީފައި ވަނީ 3 ރުފިޔާ 30 ލާރިއެވެ.