މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މ ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި، 202 މީޓަރުގެ ބޭރުތޮށި ލުމާއި، 519 މީޓަރު ރިވެޓްމަންޓް ޖެހާފައި ވެއެވެ.

ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މައްސަލަ ހައްލުކުރުމަށް، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 22.9 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީއިން ބުނީ 1،466 މީހުންގެ އާބާދީއެއް އޮންނަ ކޮޅުފުށީގެ ގިރަމުންދާ 4 ސަރަހައްދެއް މި މަޝްރޫއުގެ ދަށުން ވަނީ ހިމާޔަތް ކުރެވިފައިކަމަށެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ ގިނަ މަޝްރޫތަކެއްގެ މަސައްކަތް ކުރަމުންދާ އިރު، އޭގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކާއި ބަދަރު ހެދުމުގެ މަޝްރޫއުތައް ހިމެނެއެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައި ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން މުހިއްމު ދައުރެއް އަންނަނީ އަދާ ކުރަމުންނެވެ.