މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީ އިންތިހާބުގެ ވޯޓު ގުނައި ނިމުމާ ގާތްވެފައިވާ އިރު، ރާއްޖޭގައި މިހާރު އޮތް ހަތަރު ސިޓީން މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެވުނީ ކުޑަ ޕަސެންޓް ކޮޅެއްގެ ފަރަގުންނެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މާލެ ސިޓީން މި އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންފައި ވަނީ 2115 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 2199 ވޯޓެވެ. އެގޮތުން ރައީސް ސޯލިހް ކުރި ހޯއްދަވާފައި މި ވަނީ 4 ޕަސެންޓް ވޯޓުގެ ތަފާތަކުންނެވެ.

މާލެ ސިޓީގެ ވޯޓުގެ ވަގުތީ ނަތީޖާ:

  • ހުޅުމާލެ ދާއިރާ: ނަޝީދު - 166، ސޯލިހް - 148
  • މެދު ހެންވޭރު ދާއިރާ: ނަޝީދު - 148، ސޯލިހް - 179
  • ހެންވޭރު ދެކުނު ދާއިރާ: ނަޝީދު - 180، ސޯލިހް - 222
  • ހެންވޭރު އުތުރު ދާއިރާ: ނަޝީދު - 140، ސޯލިހް - 196
  • ހެންވޭރު ހުޅަނގު ދާއިރާ: ނަޝީދު - 115، ސޯލިހް - 78
  • ގަލޮޅު އުތުރު ދާއިރާ: ނަޝީދު - 141، ސޯލިހް - 103
  • ގަލޮޅު ދެކުނު ދާއިރާ: ނަޝީދު - 142، ސޯލިހް - 163
  • މައްޗަންގޯޅި އުތުރު ދާއިރާ: ނަޝީދު - 124، ސޯލިހް - 112
  • މައްޗަންގޯޅި ދެކުނު ދާއިރާ: ނަޝީދު - 123، ސޯލިހް - 97
  • މައްޗަންގޯޅި މެދު ދާއިރާ: ނަޝީދު - 126، ސޯލިހް - 98
  • މާފަންނު އުތުރު ދާއިރާ: ނަޝީދު - 110، ސޯލިހް - 53
  • މާފަންނު ހުޅަނގު ދާއިރާ: ނަޝީދު - 146، ސޯލިހް - 268
  • މާފަންނު މެދު ދާއިރާ: ނަޝީދު - 174، ސޯލިހް - 179
  • މާފަންނު ދެކުނު ދާއިރާ: ނަޝީދު - 107، ސޯލިހް - 150
  • ވިލިމާލެ ދާއިރާ: ނަޝީދު - 173، ސޯލިހް - 153
ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު---

މާލެ ސަރަހައްދެކޭ އެއްފަދައިން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށީ ސިޓީން ވެސް ރައީސް ނަޝީދާއި ރައީސް ސޯލިހަށް ލިބިވަޑައިގެން ވޯޓުގެ މާ ބޮޑު ފަރަގެއް ނެތެވެ. އެގޮތުން އައްޑޫ ސިޓީން ލިބުނު ވޯޓަށް ބަލާއިރު، ރައީސް ސޯލިހް ކުރި ހޯއްދަވާފައި ވަނީ 2 ޕަސެންޓެގެ ތަފާތަކުންނެވެ. އައްޑޫން ރައީސް ނަޝިދަށް 2536 މީހުން ވޯޓު ދީފއި ވާއިރު ރައީސް ސޯލިހަށް ވަނީ 2757 މީހުން ވޯޓު ދީފައެވެ. ވޯޓުގެ ތަފާތަށް ބަލާއިރު ރައީސް ސޯލިހް ކާމިޔާބު ހޯއްދެވީ 221 ވޯތުގެ ތަފާތަކުންނެވެ.

އައްޑޫ ސިޓީގެ ވޯޓުގެ ވަގުތީ ނަތީޖާ:

  • ސ. ހިތަދޫ އުތުރު: ނަޝީދު - 295، ސޯލިހް - 267
  • ސ. ހިތަދޫ މެދު: ނަޝީދު - 298، ސޯލިހް - 289
  • ސ. ހިތަދޫ ދެކުނު: ނަޝީދު - 276، ސޯލިހް - 396
  • ސ. މީދޫ: ނަޝީދު - 186، ސޯލިހް - 413
  • ސ. ހުޅުދޫ: ނަޝީދު - 128، ސޯލިހް - 97
  • ސ. ފޭދޫ: ނަޝީދު - 328، ސޯލިހް - 269
  • ސ. މަރަދޫ: ނަޝީދު - 286، ސޯލިހް - 276
  • ސ. މަރަދޫ ފޭދޫ: ނަޝީދު - 86، ސޯލިހް - 154
  • ސ. އަތޮޅު މާލެ 1: ނަޝީދު - 228، ސޯލިހް - 161
  • ސ. އަތޮޅު މާލެ 2: ނަޝީދު - 122، ސޯލިހް - 166
  • ސ. އަތޮޅު މާލެ 3: ނަޝީދު - 155، ސޯލިހް - 191
  • ސ. އަތޮޅު މާލެ 4: ނަޝީދު - 234، ސޯލިހް - 232

ފުވައްމުލަކު ސިޓީން ރައީސް ސޯލިހު ވަނީ 3 ޕަސެންޓްގެ ތަފާތަކުން ކުރި ހޯއްދަވާފައެވެ. ފުވައްމުލަކުން ލިބުނު ވޯޓަށް ބަލާއިރު، ރައީސް ސޯލިހް ކުރި ހޯއްދަވާފައި ވަނީ 3 ޕަސެންޓެގެ ތަފާތަކުންނެވެ. ފުވައްމުލަކުން ރައީސް ނަޝީދަށް 699 މީހުން ވޯޓު ދީފައި ވާއިރު ރައީސް ސޯލިހަށް ވަނީ 773 މީހުން ވޯޓު ދީފައެވެ. ވޯޓުގެ ތަފާތަށް ބަލާއިރު ރައީސް ސޯލިހް ކާމިޔާބު ހޯއްދެވީ 74 ވޯޓުގެ ތަފާތަކުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

މީގެ އިތުރުން ރައީސް ސޯލިހްގެ ވެރިކަމުގައި ސިޓީއަކަށް ބަދަލު ކުރެއްވި ހދ. ކުޅުދުއްފުށިން ލިބުން ވޯޓުގެ ނަތީޖާއަށް ބަލާއިރު ކުޑަ ތަފާތަކުން ކުރި ހޯއްދަވާފައި ވަނީ ރައީސް ނަޝީދެވެ.

ކުޅުދުއްފުށި ސިޓީގެ ވޯޓުގެ ވަގުތީ ނަތީޖާ:

  • ކުޅުދުއްފުށީ އުތުރު ދާއިރާ: ނަޝީދު - 150، ސޯލިހް - 102
  • ކުޅުދުއްފުއށީ ދެކުނު ދާއިރާ: ނަޝީދު - 95، ސޯލިހް - 212

ކުޅުދުއްފުށީގެ ދެ ދާއިރާއަށް ބަލާނަމަ އެއް ދާއިރާއިން ރައީސް ސޯލިހަށް 55 ޕަސެންތް ވޯޓު ލިބިފއިވާ އިރު ނަޝީދަށް އަނެއް ދާއިރާއިން ވަނީ 60 ޕަސެންޓް ވޯޓު ލިބިފައެވެ. މުޅި ކުދުއްފުށީގެ ނަތީޖާއަށް ބަލާއިރު ރައީސް ނަޝީދު ކުރި ހޯއްދަވާފައި ވަނީ 3 ޕަސެންޓް ކުރި އެރުމަކުންނެވެ. އެއީ ޖުމްލަ 40 ވޯޓުގެ ތަފާތަކުންނެވެ.

މިހާތަނަށް ގުނި ވޯތް ފޮށިތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، 61 ޕަސެންތާއެކު ރައީސް ސޯލިހް ވަނީ މި އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އެއީ ޖުމްލަ 24384 މީހުންގެ ވޯޓުންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 15487 މީހުންގެ ވޯޓެވެ.

ވޯޓުލުން މާލެއާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައި ވާއިރު، މި އިންތިހާބުގައި 57،255 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި މާލެއާއި އަތޮޅުތައް ހިމެނޭހެން 214 މަރުކަޒެއްގައި 282 ވޯޓުފޮށި ބަހެއްޓިއެވެ. އެގޮތުން މާލޭގަައި 19 މަރުކަޒެއްގައި 87 ވޯޓު ފޮއްޓެއް ބެހެއްޓިއިރުއިރު އަތޮޅު ތެރޭގައި 195 މަރުކަޒެއްގައި 195 ވޯޓު ފޮއްޓެއް ބެހެއްޓިއެވެ.