އިންޑިއާގެ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުންނެވި ދުވަސްވަރު، 2002 ގައި މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުުލުއާންމާ ގުޅޭ ޑޮއިކުމެންޓަރީ ދެއްކި މައްސަލައިގައި ދިއްލީ ޔުނިވާސިޓީގެ ދަތިވަރުންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޔުނިވާސިޓީގައި ހަމަނުޖެހުން ހިނގީ، ދަރިވަރުންގެ ލެޕްޓޮޕްތަކުގައި އެ ޑޮކިއުމެންޓަރީ އަޅުވައިގެން ކުދިންތަކެއް ބަލަން އުޅެނިކޮށް، ވެރިކަން ކުރާ ބީޖޭޕީއަށް ސަޕޯޓު ކުރާ ދަރިވަރުންތަކެއް އެ ލެޕްޓޮޕްތައް އަތުލުމުންނެވެ.

އެއާއެކު ފުލުހުން ވަދެ ލެޕްޓޮޕްތައް އަތުލައި 24 ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ގުޖުރާތު ހަމަނުޖެހުމުގެ މައްޗަށް ބީބީސީން ތައްޔާރު ކުރި ޑޮކިއުމެންޓަރީ، ދެއްކުންް އިންޑިއާގައި އޮތީ މަނާ ކޮށްފައެވެ. އަދި ޔޫޓިއުބާއި ޓްވިޓާ ފަދަ ޕްލެޓްފޯމް ތަކުން އެ ޑޮކިއުމެންޓަރީ ވަނީ ނަގުވާފައެވެ. އެއާއެކުވެސް ބައެއް ވަސީލަތްތައް ބޭނުން ކޮށްގެން ވަގަށް އެ ޑޮކިއުމެންޓަރީ ބަލައެވެ. ބީބީސީން އެ ޑޮކިއުމެންޓަރީ ނުނަގާ އިރު، އާންމުކޮށް ފެންނަން އެބަ އޮތެވެ.

މި ޑޮކިއުމެންޓަރީގެ މައްސަލަ ހޫނުވެ އިންޑިއާ އިން ބީބީސީއާއި އިނގިރޭސީންނަށް ފާޑުކިޔާފައި ވީ ނަމަވެސް އިނގިރޭސި ސަރުކާރަކަށް ފާޑެއް ނުކިޔައެވެ. އަދި އިނގިރޭސި ސަރުކާރުންވެސް ވަނީ އެ ޑޮކިއުމެންޓަރީ އަށް ފާޑުކިޔައި މޯދީގެ ދިފާއުފައި ވާހަކަ ދައްކާފައެވެ. އެގޮތުން އެ ގައުމުގެ އިންޑިއާ ދަރިކޮޅު ބޮޑުވަޒީރު ރިޝީ ސޫނަކް އާއި އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ އިނގިރޭސި އެމްޕީން ވަނީ މޯދީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

ދެބަޔަކަށް ބީބީސީން ނެރުނު އެ ޑޮކިއުމެންޓަރީ އާ ގުޅޭ ގޮތުން އެ އެޖެންސީން ބުނެފައި ވަނީ، އެއީ ވަރަށް ފުރިހަމަ ތަހުގީގެއްގެ މައްޗަށް ތައްޔާރު ކުރި ޑޮކިއުމެންޓަރީއެއް ކަމަށާއި، އޭގައި ހުރީ އިންޓެލިޖަންސްގެ މައުލޫމާތާއި، އެ ދުވަސްވަރުގެ އެ ހާދިސާތައް ދެކެ އަތުން ހިފާފައި ތިބި މީހުންގެ އިންޓަވިއުތަކާ އެކުގައި ކަމަށެވެ.