އައްޑޫ ސިޓީގައި ކާރެއްގެ ތެރޭގައި ޖިންސީ ގުނަވަން ދައްކި މައްސަލައިގައި ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އައްޑޫ ސީޓީގައި ކާރެއްގެ ތެރޭގައި ކުޑަކުއްޖަކު ވެސް އިންދާ ޖިންސީ އަމަލެއް ހިންގި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 44 އަހަރުގެ ދިވެހި ފިރިހެނެެކެވެ.

ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހު ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި ޝާމިލުވާ މީހާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.