އައްޑޫ ސިޓީ ހިތަދޫ އިން ދޫކުރާ 500 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ރޭ 12 ޖެހިއިރު ކުރި އިއުލާނެއްގައި ބުނީ، ހިތަދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓްގެ 500 ގޯތި ކަމަށެވެ.
އެއީ ހިތަދޫ ރައްޔިތުންނަށް 450 ގޯތި އަދި ހިތަދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ދޫކުރާ ގޯތި ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.
މި ގޯއްޗަށް އެދޭ ފޯމު އަންނަ މަހުގެ 23 ގެ ކުރިން ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ކައުންސިލުން ބުނީ، ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އާ އަށް ކަމަށެވެ. ފޯމު ބަލައިގަންނާނީ ހިތަދޫ އަވަށު އޮފީހުންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ މިމަހު 23 ވަނަ ދުވަހުގެ ރޭ ދަންވަރު ފޭދު އާއި މީދު އަދި ހުޅުދޫން ގޯތި ދޫކުރަން ނިންމާ އިއުލާންކޮށްފައެވެ.
މިގޮތުން ހުޅުދު އާއި މީދޫން ދޫކުރުމަށް ހަމަޖެހިފައި ކޮންމެ ރަށަކުން 2،000 އަކަފޫޓްގެ 100 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ފޭދޫން 1،500 އަކަފޫޓްގެ 300 ގޯތި ދޫކުރުމަށް ވަނީ އިއުލާނުކޮށްފައެވެ.
އޭގެ ތެރެއިން 90 ޕަސެންޓު ގޯތި ދޫކުރާނީ އެ ރަށެއްގެ މީހުންނަށް ކަމަށާއި އަނެއް 10 ޕަސެންޓް ދޫކުރާނީ އެހެން ރަށްރަށުގެ މީހުންނަށް ކަމަށް އިއުލާނުގައި ވެއެވެ.
ގޯއްޗަށް އެދޭ ފޯމު އަންނަ މަހުގެ 2 ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އާ އަށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފޯމު ބަލައިގަންނާނީ އެ އަވަށެއްގެ އަވަށު އޮފީހުންނެވެ.
ނެތްތަ އޮންލައިންކޮށް ފޯމް ފޮނުވޭނެ ގޮތެއް. މި ޒަމާނުގަ ހުރިހާ ތަނަކަށްވެސް އޮންލައިންކޮށް އެޕްލައި ކުރެވޭ ގޮތް އިނދެއެއްނު ހަދާދީފަ ؟
ޕްރައިމަރީ އަށް ވޯޓުލާން ދެތިންދުވަހަށް ވީމާ ބޯ ވިއްސާރަ ވިލާގަނޑކުން ވާރޭވެހޭހެން ގޯތީގެ ފުރުސަތު އެއޮއްގެން އޮހެނީ. މީވެސް ވަކިމީހަކަށް މޮޅުގޮތް ހޯދައިދޭން ކުރާ ނާޖާއިޒު ކަމެއް.