މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ގިނަ ފަންނުވެރިން އެބަ ތިބި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މިރޭ ޒުވާނުންނަށް ހާއްސަކޮށްގެން ސަލްޓަން ޕާކުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައި އަދި ގައިދީންގެ ގޮތުގައިވެސް ގިނަ ފަންނުވެރިން އެބަތިބި ކަމަށާއި އެފަދަ މީހުންނަށް ދެވަނަ ފުރުސަތެއް ދީ ވަޒީފާގެ ފުރުސަތްތައްވެސް ފަހިކޮށް ދޭންޖެހޭނެ ކަމަށެވެ.
އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީންނަށް މުޖުތަމައުއަށް އައުމަށް ދެވަނަ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި ފަންނުވެރިންނަށް ފުރުސަތު ނުދީ ގައުމެއް ބިނާކުރަން އުޅުނު ކަމުގައި ވިޔަސް އެކަން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ގައުމުގެ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށްވެސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ ޖަލުގައި މިހާރުވެސް މީހުން ވަރަށް ގިނަ ވެއްޖެ ކަމަށާއި ރައްޔިތުން މަޖިލީހުން ދޭތެރެއަކުން ޖަލު އިންސްޕެކްޓް ކުރުމާއި ބެލުމަށް ދާ ކަމަށެވެ. އަދި ޖަލުގެ އާބާދީ ވަރަށް ބޮޑުވެއްޖެ ކަމަށާއި އެމީހުންނަށް އާ ހުނަރު ހޯދައިދީ، އިތުރު ހުނަރުތައް އެމީހުންނަށް ދަސްކޮށްދީ އެމީހުން މުޖުތަމައުއަށް ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފުމަކީ ބައްޔެއް ކަމަށާއި އެކަމަށް ފަރުވާ ބޭނުންވާއިރު އެ ފަރުވާ ހޯދައިދޭޏް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަންނި މިގައުމަށް އުފެއްދި ވަބާއެއް ބިރުކަނޑާށޭ ކިޔައިގެން ޑުރަގު