ރަޝިއާއިން ޔޫކްރައިނަށް އަރާ ހަނގުރާމަ ފެށުމާއެކު، ސްވިޑަން އާއި ފިންލޭންޑުން ވަނީ ނޭޓޯއަށް ވަންނަން ހުށަހަޅާފައެވެ. ނޭޓޯގެ ޗާޓަރު އޮންނަ ގޮތުން އެ ޖަމާއަތަށް މެންބަރަކު އިތުރު ކުރެވޭނީ މިހާރު މެންބަރުންގެ ގޮތުގައި ތިބި 30 ބައިވެރިން (ގައުމު) ތަކުން ފާސްކުރުމުންނެވެ.

ފިލްނޭންޑާއި ސްވިޑަން އިން މެންބަރަކަށް ވާން އެދިފައި ވާ އިރު އެކަމަށް އިއުތިރާޒު ކުރާ ދެގައުމު އޮތް އިރު ހަންގޭރީން ވަނީ ފިލްލޭންޑާއި ސްވިޑަން ވައްދަން ރުހުން ދީފައެވެ. ނަމަވެސް ތުރުކީން ރުހުން ނުދީ އޮތުމުން ސްވިޑަން އާއި ތުރުކީގެ ގުޅުން ހީނަރުވެފައި ވާ އިރު، ހުސްވި ހަފްތާގައި ސްވިޑަންގައި ކީރިތި ޤްރުއާންގެ ކޮޕީއެއް އަންދާލި މައްސަލައިގައި އެ ގުޅުން އިތުރަށް ހީނަރުވެ، ސްވިޑަން އަށް ރުހުން ނުދޭނެ ކަމަށް ތުކުރީން ވަނީ ބުނެފައެވެ.

"އަހަރެމެންގެ ގައުމުގެ އެމްބަސީގެ ކުރިމަތީގައި ޤުރުއާން އަންދާލައި ހިންގި މުޑުދާރު އަމަލަށް ފަހު ސްވިޑަން ނޭޓޯއަށް ވައްދަން ތާއީދު ކޮށްފައިނެ ކަމަށް ނުދެކޭތި"
ތުރުކީގެ ރައީސް އުރުދުގާން

ޤުރުއާން އަންދާލުމުގެ މައްސަލައިގެ ކުރިންވެސް ތުރިކީއާއި ސްވިޑަން އާ ދެމެދު މައްސަލަތައް އޮވެއެވެ. އެ މައްސަލަތަކުގެ އަސްލު ގުޅިފައި ވަނީ، ސްވިޑަންގައި ދިރިއުޅޭ އުރުދުގާން ސަރުކާރާ ދެކޮޅު ކުރުދީންނަށް ސްވިޑަން އިން ހިމާޔަތް ދޭތީއެވެ. ތުރުކީން ތުހުމަތު ކުރާ ގޮތުގައި، ތުރުކީގެ ސަރުކާރު ވައްޓާލަން ކުރުދީންނަށް މަދަދު ދޭ އެއް ގައުމަކީވެސް ސްވިޑަން އެވެ. މީގެ އިތުރުން އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން ތުރުކީން، ޓެރަރިސްޓުން ކަމަށް ލޭބަލް ކޮށްފައި ވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ސްވިޑަން އިން ތުރުކީ އާ ބައިވެރިވާން ދެކޮޅު ހަދާ މައްސަލަވެސް އޮވެއެވެ. އެ ޖަމާއަތަށް ނިސްބަތްވާ ސްވިޑަން ގައި ދިރިއުޅޭ ބައެއް ކުރުދީން ތުރުކީއާ ހަވާލު ކުރަން އެދެވުމުން ސްވިޑަން އިން އެކަން ނުކުރުމަކީވެސް ތުރުކީން ރުޅިއަންނަ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ކުރިމަތީގައި ކީތިރި ޤްރުއާންގެ ކޮޕީ އަންދާލި މައްސަލަ ދުނިޔޭގެ އެކި ގައުމުތަކާއި ޖަމާއަތްތަކުން ކުށްވެރި ކޮށްފައި ވާ އިރު، ޤްރުއާން އަންދާލި މީހަކީ ކަނާއަތުފިޔައިގެ ހަރުކަށި ޕާޓީއެއްގެ ލީޑަރެވެ. އެ މައްސަލަ ސްވިޑަން ސަރުކާރުންވެސް ކުށްވެރި ކުރެއެވެ.