އިންޑިއާގެ ބިހާރަށް ނިސްބަތްވާ 4 ކުދިން ލިބިފައި ވާ ފިރިހެނަކު، އޭނާގެ އަނބިމީހާ ގެއަށް އަންނަން ދެކޮޅު ހެދުމުން އައި ރުޅީގައި އަމިއްލަ ޖިންސީ ގުނަވަން ބުރިކޮށްލައިފިއެވެ.

މި ފިރިހެން މީހާ މަސައްކަތުގައި އުޅެނީ ގެއާ ދުރުގައި އޮންނަ ޕަންޖާބުގެ މަންދީގައެވެ. އަންހެނުންނާއި ދަރިންކޮޅު އުޅެނީ ބިހާރުގެ ރާންޖީ ނަޔާނަގަރުގައެވެ.

މަސައްކަތުން ވީއްލިގެން ދެމަހަކަށް ގެއަށް ދިޔައިރު އަންބިމީހާއެއް ނެތެވެ. ހަބަރުތައް ބުނާ ގޮތުން އޭރު އަނބިމީހާ ވީ އޭނާގެ މައިންބަފައިންގެ ގެއަށް ގޮހެވެ. ފިރިމީހާ އެދުމުން ވެސް އެނބުރި ގެއަށް އަންނަން އޭނާ ދެކޮޅު ހެދީ ކަމަށާއި އޭރު މައިންބަފައިންގެ ގޭގައި އޭނާ ދިރިއުޅޭތާ ދެމަހެއްވަރު ވެއްޖެ ކަމަށްވެސް ބުނެއެވެ.

އެކަމާ ރުޅި އައިސް ތޫނު އެއްޗަކުން އަމިއްލަ ޖިންސީ ގުނަވަން ބުރި ކޮށްލީއެވެ. މި ފިރިހެން މީހާގެ އާއިލާއާ ހަވާލާދީ އިންޑިއާ ނޫސްތަކުގައި ބުނެފައި ވާ ގޮތުން، އެ ހާދިސާގައި ފިރިހެން މީހާގެ ފުރާނަ ސަލާމަތް ކުރެވުނަސް ގިނަ އަދަދެއްގެ ލޭ ވަނީ އޮހޮރިފައެވެ.