ކުޅުދުއްފުށި ސިޓީ ރީޓަނަލް ހޮސްޕިޓަލުގެ އާ އޯޕީޑީގެ މަސައްކަތް އެމްޓީސީސީ އިން ނިންމާ، އެތަން ހޮސްޕިޓަލާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިންމައި، ރަމްޒީ ތަޅުދަނޑި ކުޅުދުއްފުށި ހޮސްޕިޓަލާ ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ހެދުމުގެ މަޝްރޫއަކީ އެ ހޮސްޕިޓަލުގައި މަރާމަތުގެ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތަކަށް ވާއިރު އެ އޯޕީޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ރޫމަކާއި ޓްރީޓްމަންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ވަނީ ހަދާ ނިންމާފައެވެ.

މީގެ އިތުރުން ރިސެޕްޝަން އޭރިއާއަކާއި ވެއިޓިން އޭރިއާއަކާއި ލެބޯޓަރީ ކަލެކްޝަންއަކާއި އާއްމު ފަސް ފާހާނާއެއް ވެސް ވަނީ ހަދާ ނިންމާފައެވެެ.

20.22 ލިއަން ރުފިޔާއަށް 180 ދުވަސް ތެރޭގައި ނިންމުމަށް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށް ސޮއި ކުރީ ނޮވެންބަރު 14، 2020 ގައެވެ.