މިދޔަ ނޮވެމްބަރު މަހު 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ 2022" ގެ ނަސީބުވެރި ފަރާތަށް އިނާމް ހަވާލު ކޮށްފިއެވެ.
މިއަދު ކަށަވަރު ޝޯރޫމްގައި ބޭއްވި މި ޕްރޮމޯ ނިންމުމުގެ ރަސްމިއްޔާތުގައި ޕްރޮމޯގެ ނަސީބުވެރިޔާ އއ. އުކުޅަސް، ޖަވާހިރުމާގޭ ހުސައިން ނަސީރުއަށް އިނާމު ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ. މި ޕްރޮމޯގެ ނަސީބުވެރި ފަރާތަށް ވަނީ ސުޒުކީ 2.5 ހޯސްޕަވަރުގެ އިންޖީނު ހަވާލުކޮށްފައެވެ.
ކޮންމެ އަހަރަކު އެއްފަހަރު އެމްޓީސީސީއިން ބާއްވާ "ކަށަވަރު ޕްރޮމޯ" ގެ މަޤުސަދަކީ އޮޑިވެރިކަމާއި، މަސްވެރިކަމާއި، ޓޫރިޒަމް އަދިޓްރާންސްޕޯޓް ސިނާއަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއިއެކު އެމްޓީސީސީ ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މި ޕްރޮމޯގެ ދަށުން ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއަރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބޭޑަރ ފައިބަރުސާމާނު، މާރޮލް ސްޓީރިންގ ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓްތަކުން ވަނީ ޑިސްކައުންޓް ދީފައެވެ. އަދި މި ޕްރޮމޯގެ ތެރޭގައި ގްރޭޓާ މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުން ޒިޔާރަތްކޮށްފައިވެއެވެ.
އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް އެކިއެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތުފޯރުކޮށްދިނުމާއި އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމުގެ އިތުރުން ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ މި ކުންފުނިން އިސްކަންދޭ ކަންތައްތައް ކަމަށެވެ.