މުސްކުޅިންނަށް ދޭން ފެށި އިނާޔަތަކީ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދިނުމަށް ނިންމާފައިވާ އެއްޗެއް ކަމަށާއި އެއީ ރައީސް މުހައްމަދު ނަޝީދުގެ ހެޔޮފުޅުކަމުން ދޭން ފެށި އެއްޗެއް ނޫންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ޝަރީފް ވިދާޅުވީ ޕެންޝަން ބިލް މަޖިލީހަށް ހުށަހެޅީ ރައީސް މައުމޫނުގެ ވެރިކަމުގައި ކަމަށާއި މުސްކުޅިންނަށް ޕެންޝަން ދޭން ފެށީ އެ ގާނޫނުގެ ދަށުންކަމަށެވެ. މުސްކުޅިންނަށް 2000 ރުފިޔާ ދޭން ރައީސް މައުމޫނުގެ ދުވަސްވަރު މަޖިލީހުގައި ދިރާސާކޮށް އެ ބިލު ފާސްކޮށް، ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފެށީ 2009ގެ ކުރީ ކޮޅުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.
ފޮތްފަންސުރު ހިލޭ ދޭން ފެށީ ރައީސް މައުމޫނުގެ ސަރުކާރުގައިކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މަޖިލީހުގައި އެކަމަށް އެންމެ ވަކާލަތު ކުރެއްވީ ޝަރީފް އާއި ރީކޯ މޫސާމަނިކުގެ އިތުރުން އިބްރާހިމް އިސްމާއިލް (އިބްރާ) ކަމަށެވެ. މިއީ މަޖިލީހުގެ ޔައުމިއްޔާތަކުން ފެންނަން އޮތް ކަމެއްކަމަށާއި އެހެންނަނަވެސް މިކަންވެސް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މުސްކުޅިންނަށް ދެމުން އައި 5000 ރުފިޔާ އަކީ ގާނޫނުގެ ބޭރުން ދެމުން އައި އެއްޗެއް ކަމަށެވެ. އަދި ޕެންޝަން ގާނޫނަށް އިސްލާހު ހުށަހަޅާ މުސްކުޅިންނަށް 5000 ރުފިޔާ ދޭން ފާސްކޮށް އެ އަދަދަށް ފައީސާ ދެނީ ރައީސް ސޯލިހްގެ މި ސަރުކާރުން ކަމަށް ޝަރީފު ވިދާޅުވިއެވެ.
ރައީސް ނަޝީދު އަށް މީގެކުރިންވެސް ބަހުގެ ހަމަލާތައް ދެއްވާ ޝަރީފް މީގެ ކުރިން ވިދާޅުވީ ބައެއް ސިޔާސީ ލީޑަރުން ރައްޔިތުންގެ ތާއީދު ހޯއްދަވަން ބޭނުން ކުރާ ހަމައެކަނި އުކުޅަކީ އެހެން މީހުންގެ ބޮލުގައި ދޮގު ތުހުމަތުތަކާއި ވަގު ބަދުނާމު އެޅުވުން ކަމަށެވެ.
ބަލަގަ މިހިރަ މަޥޯޓާ. ކިތައްމެ ވަރަަކށް އުޅުނަސް ސްލޯލިޙެއް ނުހޮވޭނެ. ތިޔަ ވިދާޅުވާ 5000ރުވިޔާ އަށް ބޮޑު ކުރީ ޔާމީނުގެ ސަރުކާކރުން. ކަލެއް އެގޭނީ ހުސް ދޮގު ހަދަން. މަޖިލީހުގައި " ޖަރުމަނު ޤާނޫނު އޮންނަ ގޮތޭ. ފްރާންސް ޤަނޫނު އޮންނަ ގޮތޭ........ ތިޔައީ އެއްވެސް އެއްޗެއް ބޮލުގަިއ ނެތް ނިއުރޯން އުނި ދޮގުވެރިޔެއް. ވަރަށް ސަލާމް
ކިތަންމެ ވަރަކަށް މަވޯޓާ ތިހެންކިޔަސް ތިކަން ގަބޫލުކުރާނެ މީހަކު މިރާއްޖޭގަ ނުހުންނާނެ. މޮޔަނުވޮވާ ހުރޭ. ނާދިރު ޓީވީ ބެހެއްޓީ، ދިރާގު އުފެއްދީ އިނގިރޭސި ތައުލީމު ފެށީ ކަރަނޓު މާލެއަށްލީ އެއަޕޯޓެއް އެޅީ ދެން އައި މޒިހުން އެކަންކަން ތަރައްގީކުރީ އިބޫ މިފަހަރު ނުހޮވިެއޖިއްޔާ އޭނަ ފަށާފަ ހުރި ކަންކަން ނިންމާނޒޮ ދެން އަންނަ މީހުންނެއްނޫންތަ؟
ކިތައްމެ ރުޅިއެއް އަޔަސް ނަސީދުގެ ވިސްނުމާއި ފިކުރު ވަރަށް ރަނގަޅަށް އެނގޭ ރައްޔިތުން މަދެއް ނުވާނެ ޝަރީފް.