ދެ ރަށެއްގެ ބަނދަރެއް އަޕްގްރޭޑްކުރުމުގެ މަޝްރޫއަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެގޮތުން ހިމެނެނީ އއ. ފެރިދޫއާއި ހދ. ނައިވާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއާއި ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ފެރިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމަން 50.8 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން 7،848 ކިއުބިކް މީޓަރު ބަނދަރު ފުން ކުރުމާއި 23،579 ކިއުބިކް މީޓަރު އާ ބަނދަރު ފުންކުރުމާއި 4،268 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި 147 މީޓަރު ބްރޭކް ވޯޓާ ޖެހުން ހިމެނެއެވެ. އަދި ސޭންޑް ފިލް ބްރޭކްވޯޓާ ޖެހުމާއި 10 މީޓަރު ސަބްމާޖް ބަރޭކްވޯޓާ ޖެހުމާއި 90 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

213 މީޓަރު އެއްގަމު ތޮށި ޖެހުމާއި 213 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 51 މޫރިން ރިންގް ހަރުކުރުމާއި 10 މޫރިން ބޮކި ހަރުކުރުމާއި 90 އަކަ މީޓަރުގެ ރޭންޕެއް ހެދުން ވެސް އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ. އަދި އެކްސެސް ޕްލެޓްފޯމެއް އެޅުމާއި 12 މީޓަރުގެ ދެ ކޮންކްރީޓް ބްރިޖާއި 80 މީޓަރުގެ ދެ ކޮންކްރީޓް ޖެޓީއެއް ހެދުމާއި ދެ ނެވިގޭޝަން ލައިޓް ވެސް ހަދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސިއިން އިތުރަށް ބުނީ އެ މަޝްރޫއުގެ ދަށުން 29 މަގު ބައްތި ހަރުކުރުމާއި 2481 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށެވެ.

51.3 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭގައި ނިންމަން ނައިވާދޫ ބަނދަރު މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރިއިރު އެ މަޝްރޫއުގެ ދަށުން 15،319.91 ކިއުބިކް މީޓަރު ބަނދަރު ފުން ކުރުމާއި 41،618.07 ކިއުބިކް މީޓަރު އާ ބަނދަރު ފުންކުރުމާއި 15،319.91 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި 290 މީޓަރު ބްރޭކް ވޯޓާ ޖެހުން ހިމެނެއެވެ. އަދި 10 މީޓަރު ސަބްމާޖް ބަރޭކްވޯޓާ ޖެހުމާއި 25 މީޓަރު ގުރޯއިން ޖެހުމާއި 73.3 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އެމްޓީސީސީއިން ބުނީ 231 މީޓަރު އެއްގަމު ތޮށި ޖެހުމާއި 231 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 62 މޫރިން ރިންގް ހަރުކުރުމާއި 10 މޫރިން ބޮކި ހަރުކުރުމާއި 90 އަކަ މީޓަރުގެ ރޭންޕެއް ހެދުން ވެސް އެ މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށާއި އެކްސެސް ޕްލެޓްފޯމެއް އެޅުމާއި 95 މީޓަރުގެ ދެ ކޮންކްރީޓް ޖެޓީއަކާއި ދެ ނެވިގޭޝަން ލައިޓް ވެސް ހަދާނެ ކަމަށެވެ.

އެމްޓީސީސިއިން އިތުރަށް ބުނީ އެ މަޝްރޫއުގެ ދަށުން 18 މަގު ބައްތި ހަރުކުރުމާއި 2087.85 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށެވެ.

ހޮޅުދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 570 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ގާއިމްކުރުން ހިމެނޭއިރު އޮޑިއެހެލާ ސަރަހައްދުގައި އެއްގަމު ތޮށްޓެއް ގާއިމްކުރުމާއި 14 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ގާއިމްކުރުން ހިމެނޭ ކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

އެމްޓީސީސީއާ އެ މަޝްރޫއު 46.7 މިލިއަން ރުފިޔާއަށް 400 ދުވަސް ތެރޭގައި ނިންމުމަށެވެ.