ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫއުއާއި ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީ ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީީއާ ހަވާލުކޮށްގެން ނޫމަރާގައި ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން 6,347 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ.

އެމްޓީސީސީއިން ބުނީ ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 22.1 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 470 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާ ވަނީ ނިންމާފައެވެ.