މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ބްރޯޑްކޮމްގައި ޖުމްލަ ފަސް މެންބަރުން ތިއްބަވާއިރު، އެ ކޮމިޝަންގައި ނައިބު ރައީސަކަށް ހުންނެވި އިސްމާއީލް ގައިސް ވަނީ މިދިޔަ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ބައެއް މީޑިއާތަކަށް ގައިސް ވިދާޅުވި ގޮތުގައި، އޭނާ އިސްތިއުފާ ދެއްވާފައި ވަނީ އެހެން މަސައްކަތަކަށް ހުސްވާން ބޭނުންވާތީއެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ އެމްޑީޕީގެ ޕްރައިމަރީ އާ ދިމާކޮށެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބްރޯޑްކޮމްގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމުތައް އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އަދި މިމަހުގެ 22 އާއި 23 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް އެ އޮފީހުން ބަލައިގަންނާނެ ކަމަށެވެ.

ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެން، ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ހަ މެންބަރުންނެވެ. އެއީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، މެންބަރުން ކަމަށްވާ އަލީ ޔޫސުފާއި އަމްޖަދު ވަހީދާއި މުހައްމަދު ފަޒީންގެ އިތުރުން، އައިމިނަތު އަނާ އާއި ޝިފްލާ އިބްރާހީމެވެ.