ހުޅުމާލޭ ފޭސް 2 ގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ރޭ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީފައިވާ މައްސަލައެއް ރޭ 01:15 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިހާދިސާގައި އަނިޔާ ލިބިފައިވަނީ 26 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ފުލުހުންގެ އެހީތެރިކަމާއެކު އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް މާލެ އަދި ހުޅުމާލޭގައި، މާރާމާރީ ހިންގާ ތޫނު އެއްޗެހި ބޭނުންކޮށްގެން މީހަކު ޒަހަމް ކޮށްލާފައިވާ ހާދިސާތައް ހިނގާފައިވެއެވެ. އަދި ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަވެސް ގޮސްފައި އެބަހުއްޓެވެ.