އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓްކޮށް އުފައްދާފައިވާ ސީރީޒް "މިރާއީ" ބައިސްކޯފަށް ދޫކޮށްލައިިފިއެވެ.

ކުޑަކުއްޖެއްގެ މަރާ ގުޅިގެން ދެން ފެންމަތިވާ ކަންތައްތައް ދައްކުވައިދޭ ތްރިލާ ޖޯންރާގެ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑު ވަނީ ހޮނިހިރު ދުވަހުގެ ރޭ ޕްރިމިއާކޮށްފައެވެ. ކޮންމެ ހޮނިހިރު ދުވަހެއްގައި މި ސީރީޒްގެ އެޕިސޯޑެއް ބައިިސްކޯފުން ބަލައިލެވޭއިރު މި ސީރީޒަކީ ޖުމްލަ 13 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ ސީރީޒެކެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ހުނަރުވެރި ތަރިން ކަމަށްވާ ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ޝަރަފު އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ "މިރާއީ" އިން މުހައްމަދު އިޝްފާންގެ އިތުރުން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ އައިޝަތު ޝާޔާ (ޗޮއްކު) ފެނިގެންދާނެއެވެ. ހަތަރު މީހުންގެ ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކާއި ދިރިއުޅުން އެފުށް މިފުށަށް ޖެހޭ މަންޒަރު ސީރީޒުން ފެނިގެންދާނެއެވެ.

މި ތަރިންގެ އިތުރުން "މިރާއީ" ގައި ހިމެނޭ ތަރިންނަކީ ރަވީ ފާރޫގް، އަހްމަދު ސައީދު އަދި ފާތިމަތު އާޒިފާ (އަޒޫ) ވެސް ފެނިގެންދާނެއެވެ. ބަތަލާ ވާޝިޔާ ކުޅުނު ބައެއް ސީރީޒްތަކަކީ ބައިސްކޯފުން ގެނެސްދީފައިވާ "ގަމިނި" އަދި "އެހެނަސް" އެވެ. ޝަރަފު އަކީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ "ނީނާ" ގައި ވެސް ހަރަކާތްތެރިވެފައެވެ.