ވިއެޓްނާމުގައި ބްރިޖެއް ހަދަމުން ދިޔަ ސައިޓަކަށް ވަދެ ބާ ދަގަނޑު ހޮވަން އުޅުނު އުމުރުން 10 އަހަރުގެ ކުއްޖަކު ތަނބުޖަހަަން ތައްޔާރު ކޮށްފައި ހުރި ހޮޅިއެއްގެ ތެރެއަށް ވެއްޓި މަރުވެއްޖެއެވެ.
މިހާދިސާ ހިނގުމާއެކު، ރެސްކިއު މަސައްކަތް ކުރަ ފަރާތްތަކުން މެދުނުކެނޑި 100 ގަޑި އިރު މަސައްކަތް ކުރި ކަމަށާއި ނަމަވެސް 10 އަހަރުގެ ލީ ހައޯ ނާމް ސަލާމަތް ކުރެވެ ގޮތް ނުވިކަމަށް އޮފިޝަލުން ބުނެއެވެ.
އޭނާ ބްރިޖް ސައިޓަށް ދިޔައީ ރައްޓެހިންނާއެކު އެ ސަރަހައްދަށް ވެއްޓިފައި ނުވަތަ ބްރިޖްގެ މަސައްކަތަށް ބޭނުން ކޮށް ދަގުއީގެ ގޮތުގައި ހުންނަ ދަނގަޅު ކޮޅުކޮޅު ހޮވާށެވެ. އެހެން އުޅެނިކޮށް އޭނާ ހޮޅިތެރެއަށް ވެއްޓުނީ ކަމަށާއި އެއީ 35 މީޓަރު ފުން ތަނބެއް ކަމަށާއި ތުންފަތަމަތީގައި ހުރީ 25 ސެންޓިމީޓަރު ކަމަށް އޮފިޝަލުން ބުނެއެވެ.
އޭނާ ހޮޅިތެރެއަށް ވެއްޓެން ދިމާވި ސަބަބު އަދި ސާފު ނުވާ އިރު، ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި މަރުވެފައި ވާ ލީ ގެ ހަށިގަނޑު ނެގޭތޯ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިހާދިސާގައި އޭނާގެ އެކުވެރިންނަށް ވީ ގޮތުގެ މައުލޫމާތެއް އަދި ނެތެވެ. އަދި މަރުވެފައިވާ ލީ ގެ ހަނޑިގަނޑު ނެގުމަށް ބޭނުން ކުރެވެން ހުރި ހުރިހާ ވަސީލަތަކާއި އާލާތެއް ބޭނުން ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ޕާމް މިން ޗިންހް ވަނީ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބާވަތުގެ ތަފާތު ހާދިސާތައް ހިނގައެވެ. އެގޮތުން ރާއްޖެއާ އަވައްޓެރި އިންޑިއާގައި މަގުމަގުގެ އަރިމަތީގައާއި ދަނޑުބިންތަކަށް ފެންދޭ ހިސާބުތަކުގައި ހުންނަ ބޯހޯލްތަކަށް ދޭތެރެ ދޭތެރެއިން ކުދިން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގައެވެ.