އާ އަހަރާ ދިމާކޮށް، އުރީދޫން ޕްރިޕެއިޑް ކަސްޓަމަރުންނަށް ދުވާލަކު އެއް ޖީބީގެ ޑޭޓާ ލިބޭ ޕެކޭޖެއް ތައާރަފް ކޮށްފިއެވެ.

އުރީދޫން މިއަދު ތައާރަފްކުރި އެ ޕެކޭޖުގެ ދަށުން މުޅި އަހަރު ނިމެންދެން ދުވާލަކު އެއް ޖީބީގެ ޑޭޓާ އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް، އެ ކުންފުނިން ބުނެއެވެ.

"ޕްރީޕެއިޑް އަހަރީ ޕްލޭން"ގެ ނަމުގައި އުރީދޫން ތައާރަފްކުރި 3،000ރ ގެ އެ ޕެކޭޖް އެކްޓިވޭޓް ކޮށްލުމަށްޓަކައި އުރީދޫގެ އެޕް ބޭނުންކޮށްގެން އެ ޕެކޭޖް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

މީގެ އިތުރުން އުރީދޫން ވަނީ މީގެ ދެ އަހަރު ކުރިން "އާޗާ ޕްރީޕެއިޑް"ގެ ނަމުގައި ވެސް އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްލޭންތަކެއް ތައާރަފްކޮށްފައެވެ. އެ ޕްލޭންތައް ތައާރަފްކޮށްފައި ވަނީ ކަސްޓަމަރުން ކޮންމެ ތަނެއްގައި ހުރެ އާއިލާ އާއި ގުޅުވާލައި، ހާސްކަމެއް ނެތި ފިލްމުތައް ބަލާލެވޭ ގޮތަށް ކަމަށް އުރީދޫން ބުންޏެވެ.