އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް މާލެ އާއި ހުޅުމާލޭން ހޮވާލެވިފައިވާ ހަތަރު އައުޓްލެޓަކުން 23 ޕަސެންޓު ޑިސްކައުންޓް ލިބޭ ގޮތް ހަދައިފިއެވެ.

އުރީދޫން ބުނީ، ހޮވާލެވިފައިވާ އެ އައުޓްލެޓްތަކުން އާ އަހަރާ ދިމާކޮށް 23 ޕަސެންޓު ޑިސްކައުންޓް ލިބޭ ގޮތް ހަދާފައި ވަނީ، ކްލަބް ޕްރިމިއާ ކަސްޓަމަރުން އުރީދޫ އަށް ކުރާ އިތުބާރާއި ވަފާތެރިކަމުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި މި އަހަރު ނިމުމުގެ އުފާ ފާޅުކޮށް، އާއިލާ އާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މި އޮފާގެ ދަށުން މިއަދާއި މާދަމާ އަންނަނިވި ހަތަރު އައުޓްލެޓްތަކުން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް 23 ޕަސެންޓު ޑިސްކައުންޓް ލިބޭނެއެވެ. އެ އައުޓްލެޓްތަކަކީ:

  • ހުޅުމާލެ ސެންޓްރަލް ޕާކް ކެފޭ
  • މީޓް ސްޓްރީޓް
  • ކްރެޕޭ ރަނާ
  • ކޮކޯ ޓްރީސް

އުރީދޫ ކްލަބް ޕްރިމިއާގެ ދަށުން ލިބޭ ހިދުމަތްތައް:

  • ފަހުގެ ބްރޭންޑްތަކާއި ޕާޓްނަރުންގެ ހާއްސަ ޑިސްކައުންޓްތައް ލިބޭ
  • ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބަޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވޭ
  • ލައުންޖަށް ވަނުމާ އެކު، ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ހިދުމަތްތައް ފަސޭހަކަމާ އެކު ހޯދޭނެ
  • ޑިޖިޓަލް ފޯމު މެދުވެރިކޮށް، އުރީދޫގެ ހިދުމަތްތައް ފަސޭހަކަމާ އެކު ހިޔާރު ކުރެވޭނެ

އޭގެ އިތުރުން، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއާޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމަށްވާ ޕްރައޯރިޓީ ޕާސްގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ލިބިގެން ދާނެ ކަމަށް، އުރީދޫން ބުނެއެވެ.