ހއ. އުލިގަމުގައި ކުޑަ ކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓިގެން ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ހއ. އުލިގަމުގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ހަވީރު 5:50 ހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާ ވެފައި ވަނީ އުމުރުން 9 އަހަރުގެ ކުއްޖަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އެ ކުއްޖާ އަށް ލިބިފއިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އަނިޔާ ލިބުނު ކުއްޖާ އަށް ވަނީ އުލިގަމު ހެލްތް ސެންޓަރަށް ގެންގޮސްފައި ކަމަށާއި އަދި އެތަނުގައި އެ ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.