ކުރިއަށް އޮތް ޗުއްޓީއާއި ދިމާކޮށް ބޮޑެތި ޑާޓާ އެލަވަންސް ތަކާއެކު އުރީދޫ މަގޭ ޕްލޭންގެ މުޅިން އާ ޕެކްތަކެއް ލޯންޗު ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭ އުރީދޫ މަގޭ ޕްލޭންގައި ހިމެނެނީ މަގޭ 450، މަގޭ 500 އަދި މަގޭ 750 ކަމަށެވެ. މި ޗުއްޓީގެ ތެރޭގައި ބޭނުންކޮށްލެވޭނެ ހެން އުރީދޫގެ އެޕް މެދުވެރިކޮށް މިހާރު ފަސޭހަ ކަމާއެކު މި ޕެކްތައް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

މަގޭ 450 ޕަލޭންއަކީ 450 ރުފިޔާ ހޭދަކޮށްގެން ނެގޭ ޕްލޭނެއެވެ. މި ޕްލޭން ނަގައިގެން މުޅި މަސް ދުވަހު ބޭނުންކޮށްލަން 85 ޖީބީ ލިބިގެން ދާނެއެވެ. މަގޭ 500 ޕަލޭނަކީ 500 ރުފިޔާއަށް މުޅި މަސް ދުވަހަށް ބޭނުން ކުރަން 100 ޖީބީ ލިބޭ ޕްލޭނެކެވެ. އަދި މަގޭ 750 އަކީ 750 ރުފިޔާ ހަރަދުކޮށްގެން މުޅި މަސް ދުވަހު ބޭނުންކޮށްލަން 150 ޖީބީ ލިބޭ ޕްލޭނެކެވެ.

ސްކޫލުތަކުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި މާދަމާ ބަންދުވާ އިރު، އަންނަ މަހުގެ ފަހަކާ ހަމައަށް ސްކޫލް ޗުއްޓީ ދެމިގެން ދާނެއެވެ. ސްކޫލް ޗުއްޓީގައި ކިޔެވުމަށާއި މުނިފޫހިފިލުވުމަށާއި ގާތް ރައްޓެހިންނާއި އާއިލާއާ ގުޅުން ބަދަހިކުރުމަށް އިންޓަނެޓް ބޭނުން ކުރާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ.