ރ. އިނގުރައިދޫއާއި ފ. ނިލަންދޫގެ މަޝްރޫއެއް އެމްޓީސީސީ އަށް ހަވާލުކޮށްފިއެވެ.
އިނގުރައިދޫ ބަނދަރު ނެރުފައިކަށި ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައި ވަނީ 17.1 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި 86 މީޓަރ ނެރު ބްރޭކްވޯޓާ ޖެހުމާއި 59 މީޓާ ބްރޭކްވޯޓާ ޖެހުމާއި 150 މީޓާ އިރުމަތި ފަރާތު ބްރޭކްވޯޓާ ޖެހުމާއި 2 ނެވިގޭޝަން ލައިޓް ހަރުކުރުން ހިމެނެއެވެ.
ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 29.9 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ނިލަންދޫ ހުޅަނގު ފަރާތުގައި 503 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 20 ީމޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި އިރުއުތުރު ފަރާތުގައި 429 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ގާއިމް ކުރެވޭނެއެވެ.