ގެވެށި އަނިޔާގު ތުހުމަތު ކޮށް، އެމްބާ ހާޑް، 36އ، ކުރީގެ ފިރިމީހާ ޑޮނީ ޑެޕް، 59އ އާ ގުޅޭ ގޮތުން ލިޔުނު ލިޔުމެއްގެ މައްސަލައިގައި ޑެޕް ކޯޓަށް ދިޔުމުން، އެ މައްސަލަ ނިމިފައި ވަނީ އޭނާ އާ އެއްކޮޅަށެވެ. އަދި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އޭނާއަށް 15 މިލިއަން ޑޮލަރު ލިބެން ޖެހޭ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ހިނގަމުން ދިޔަ އިރު މީޑިއާގެ ސަމާލުކަން ހުއްޓުނު އެންމެ މުހިންމު އެއް ކަމަކީ، އެ 2 މީހުންނަކީ ބައިނަލްއަގުވާމީ ފެންވަރުގެ މަޝްހޫރު 2 ފަންނާނުން ކަމަށް ވެފައި ހާޑަށް ދިން ގެވެށި އަނިޔާތައް އޭނާ ކޯޓުގައި ކިޔައިދެމުން ދިޔަ އިރު ޑެޕް ގެ އަނިޔާވެރިކަން ހާމަވުމުންނެވެ.

މި މައްސަލަ މިދިޔަ މަހުގެ ކުރީ ކޮޅު ހާޑް ވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ. އޭނާ އެދިފައި ވަނީ މުޅިން އަލުން ޝަރީއަތް ހިންގައި ދޭން ކަމަށް ހަބަރުތަކުން ބުނާ އިރު، ގެއްލުމުގެ ބަދަލުގެ ތެރެއިން 1 މިލިއަން ޑޮލަރު ޑެޕް އަށް ދޭން ހާޑް އެއްބަސް ވެ މިދިޔަ ހޯމަދުވަހު ބުނީ، އެމެރިކާގެ ޝަރުއީ ދާއިރާއަށް އިތުވާރު ނެތް ކަމަށާއި އިސްތިއުނާފު މަރުހަލާ ކާމިޔާބު ނަމަވެސް އަލުން ބަލުން ޝަރީއަރާ ކުރިމަތިލާނެ ހިތްވަރު ދެން ނެތް ކަމަށެވެ. އެހެން ކަމުން ކޯޓުން ބަދަލުގެ ގޮތުގައި 1 މިލިއަން ޑޮލަރު ދީ މައްސަލަ ހަލާސް ކުރަން އެއްބަސްވިއެވެ.

ޑެޕް، ހާޑްގެ މައްޗަށް ދައުވާ ކުރީ، އޭނާގެ އަބުރު ކަތިލުމަށް ހާޑް ލިޔެ ވޮޝިންޓަން ޕޯސްޓުގައި 2018 ވަނަ އަހަރު ޝާއިއު ކުރި ލިޔުމަކާ ގުޅިގެންނެވެ.

އެ ލިޔުމުގައި އޭނާ އަކީ ގެވެށި އަނިޔާލިބުނު ޕަބްލިކް ފިގާ (އާންމުންގެ ތެރޭގައި މަގުބޫލު) މީހެއް ކަމަށް ބުނެފައި ވީ ނަމަވެސް ޑެޕްގެ ނަން ބޭނުން ކޮށްފައެއް ނުވެއެވެ. ނަމަވެސް 5 އަހަރު ވާންދެން އޭނާ އުޅުނީ ޑެޕް އާ އެކުގައި ކަމުން އެ ތުހުމަތު އަމާޒު ވީ ޑެޕް އަށް ކަމަށް ބަލައި އޭނާ ކޯޓަށް ދިޔައީއެވެ.

ޓީވީތަކުން ލައިވް ކުރި އެ ޝަރީއަތުގެ މަޖިލީހުގައި ދެމީހުން ވަނީ އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތައް ކޮށްފައެވެ. އެގޮތުން ޖިންސީ ގޯނާ ކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ ދިނުމުގާއި މަސްތުގެ ހާލުގައި ހުރެ އަތުންފައިން ގޯސް ހަދާ އެތައް އަނިޔާއެއް ދިން ކަމަށް ހާޑް ބުނެފައި ވެއެވެ. ޑެޕް ބުނެފައި ވަނީ ހާޑް ވެސް އޭނާ އަށް އަނިޔާ ކުރާ ކަމަށާއި ކަރުގައި ހިފާ ޖިސްމާނީ އެތައް އަނިޔާއެއް ދިން ކަމަށެވެ.

ޑެޕްގެ ލޯޔަރުން ބުނެފައި ވަނީ ހާޑް ދޭ 1 މިލިއަން ޑޮލަރު ހަދިޔާ ކުރާނީ ތަފާތު ޗެރިޓީތަކަށް ކަމަށެވެ.