ގދ. ފަރެސްމާތޮޑާގައި ޕިކްނިކް ސަރަހައްދެއް ހަދައި އެތަން އެ ރަށު ކައުންސިލާ ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ފަރެސްމާތޮޑާގައި ގާއިމް ކުރި ޕިކްނިކް ސަރަހައްދު ހަދާ ނިމުނު އިރު އެ ސަރަހައްދުގައި ވަނީ ބާބަކިއު ގްރިލް އާއި މޭޒާއި ގޮނޑި ބަހައްޓާފައި ކަަމަށެވެ.

އެ މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައި ވަނީ ސަރުކާރުގެ ދެ ކުންފުންޏެއްގެ ސީއެސްއާރްގެ ދަށުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އެއީ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަނެވެ.

އެ ރަށުގައި ގާއިމް ކުރި ޕިކްނިކް ސަރަހައްދުގެ އެންމެހާ މަސައްކަތްތައް ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި އެ ސަރަހައްދު ފަރެސްމާތޮޑާ ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.